ސާރާގެ މި ބިކިނީ ވަރަށް ސަޅިޔޯ!

ސާރާ ވަނީ އެބްސްޓްރެކްޓް ޕެެއިންޓެޑް ބިކިނީއެއްގައި ނަގާފައިވާ ފޮޓޯއެއް އޭނާ ގެ އިންސްޓަގްރާމް ގައި ހިއްސާކޮށްފައިއެވެ. މި ފޮޓޯ އަކީ ސާރާ އޭނާ ގެ މަންމަ އަދި ކޮއްކޮ އާއި އެކު ރާއްޖޭގައި ހޭދަކުރި ކުރު ޗުއްޓީއިން އެންމެ ގިނަބަޔަކު ލޮލުގައި އަޅައިގެން ފޮޓޯއެވެ.

މި ފޮޓޯގައި ސާރާ ހުދު ދޮންވެލިގަނޑުގައި އޮށޯވެލައިގެން އޮންނައިރު ފެނިގެން ދަނީ ބޯޓެއްގެ ސިފައިގާ ވާ ޓްރޭއެއްގައި މެންދުރަށް ކެއުމަށް ތަށްޔާރުކޮށްފައިއެވެ.

މި ތިންމީހުން ވަނީ މިދިޔަ އާދިއްތަ ދުވަހު އެބުރި އިންޑިއާއަށް ގޮސްފައިއެވެ. މުމްބައި އެއާ ޕޯޓް އިން ވަނީ މި ތިން މީހުންވެސް ފެނިގެން ގޮސްފައިއެވެ.

މީގެ ކުރިންވެސް ސާރާ ވަނީ އޭނާ ރާއްޖޭގައި ހޭދަކުރި ޗުއްޓީގެ ފޮޓޯތަށް ސޯޝަލްމީޑިއާގައި ހިއްސާކޮށްފައިއެވެ.

ސާރާ އެންމެ ފަހުން ފެނިގެން ދިޔައީ ކޫލީ ނަންބަރު 1 އިންނެވެ. މި ފިލްމުގައި އޭނާ ފެނިގެން ދިޔައީ ވަރުން ދަވަން އާއި އެކުއެވެ. ސާރާގެ ކުރިއަށް އޮތް ފިލްމަކީ އަކްޝޭ އާދި ދަނުޝްއާއި އެކު މިހާރު ޝޫޓިންގް ފަށާފައިވާ “އަތުރަންގީރޭ” އެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!