ހީނާ ހާން ކިޔާދިނީ އޭނާގެ ތީރި ކަމުގެ ސިއްރު

ހީނާ ހާން މި ފަހުން ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައި ފިނި މޫސުން ( ވިންޓާ) ގައި ބޮލުގެ އިސްތަށިގަނޑާއި ހަންގަނޑު ރައްކާތެރި ކަމާއެކު ބެލެހެއްޓުމަށް ޓަކައި ކުރެވިދާނެ ކަންތަށްތަށް ކިޔާދީފައިއެވެ.

ހީނާ ހާން އަކީ އަބަދުވެސް ބޮލުގެ އިސްތަށިގަނޑަށް ބަލައިގެން އުޅޭތަރިއެވެ. މީ ހީނާ ހާން ބޮލާއި، ހަންގަނޑުގެ އިތުރުން އިތަށިގަނޑު ރައްކާތެރި ކުރުމަށް ދީފައިވާ ބައެއް ޓިޕްސްތަކެވެ.

ސިލްކް ސްކާފް ބޭނުން ކުރުން

ފިނި މޫސުމަކީ އާންމުކޮށް ބޮލުގައި ވޫލުން ވިޔެފައިވާ އެއްޗެ އަޅާ، ފިނިން ބޯ ރައްކާތެރި ކުރެއެވެ. ނަމަވެސް ވޫލުން ވިޔެފައިވާ އެއްޗެއް ބޮލުގައި އެޅުމުގެ ކުރިން ސިލްކް ސްކާފެއް ބޭނުން ކުރުމުން ހެއާ ބްރެކޭޖް އަދި ބޯ ކަހާ އަދި ހިރުވާނަމަ އެކަމުން ވެސް ރައްކާތެރި ކޮށްދޭ ކަމެކެވެ.

ހޫނު ބޭނުން ކޮށްގެން އިސްތަށިގަނޑަށް ގޮތްގޮތް ނުހެދުން

މިއީ ހެއާ ޑްރައާ އެއް ކަމުގައި ވިޔަސް ނުވަތަ އިސްތަށިގަނޑު ބުޅިކޮށް ފަންކުރަން ބޭނުން ކުރާއެއްޗެއް ކަމުގައިވިޔަސް މިފަދަ އެއްޗެހި ބޭނުން ކުރުމުން ފަސޭހައިން އިސްތަށިގަންޑު ހަލާކުވުމަށް މެދުވެރިވެއެވެ.

ހަންފޮޅުމުން ސަލާމަތް ވުމަށް ބޮލުގައި ތެޔޮލުން

ތެލަކީ ބޮލުގެ އިތަށިގަނޑު މޮއިސްޗަރައިޒް ކޮށްދޭ އެއްޗެކެވެ. ތާފަނާކޮށް ހުންނަ ތެލުން ބޯ މަސާޖް ކުރާކަމުގައިވަނީ ނަމަ ހަންފޮޅުން ފަދަ މައްސަލަތަކުން އެއްކިބާ ކޮށްދެއެވެ.

ފެންބުއިން

ފެނަކީ މީހާގެ ހައިޑްރޭޝާން ހިފައްތައިދޭ ކަމެކެވެ. އަދި މީގެ ސަބަބުން ހަންގަނޑު ގްލޯވެ އަދި އިސްތަށި ގަނޑުވެސް ވަރުގަދަ ވެއެވެ.

އެޕަލް ސައިޑާރ ވިނިގަ

ހީނާ ބުނާގޮތުގައި އެޕަލް ސައިޑާރ ވިނިގާ އަކީ ޖާދޫއެއް ކަހަލަ އެއްޗެކެވެ. ބޯ ރަނގަޅަށް ދޮވުމަށްފަހު އެޕަލް ސައިޑާރ ވިނިގާ ކޮންމެެވެސް ވަރަކަށް ހުންނަ ވަރަށް ފެނާއި އެއްކޮށްލުމަށް ފަހު އޭގެން އިތަށިގނޑު ތެއްމާލުމަކީ ބޮލުގެ ޕީއެޗް ހިފަހއްޓައިދޭ ކަމެކެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!