ވަރުން އާއި ނަތާޝާ ހަނީމޫނަށް ދާނެ މަންޒިލަކީ މިއީ!

އާދިއްތަ ދުވަހު ކައިވެނިކުރަން ތައްޔާރުވެފައިވާ ބޮލީވުޑްގެ ޒުވާން އެކްޓަރު ވަރުން ދަވަން އާއި އޭނާގެ ޒަމާންވީ ލޯބިވެރިޔާ ނަތާޝާ ދަލާލް، ކައިވެންޏަށްފަހު ހަނީމޫނަށް ދާ މަންޒިލް ނިންމާފައިވާ ކަމަށް މީޑިއާތަކުން ބުނެފިއެވެ.

‘ޕިންކްވިލާ’ އިން ރިޕޯޓުކޮށްފައިވާ ގޮތިގައި، ވަރުން އާއި ނަތާޝާ ހަނީމޫނަށް ދާނީ ތުރުކީ އަށެވެ. އެހެން މަސްދަރަކާ ހަވާލާދީ އެ ނޫހުން ލިޔެފައިވާ ގޮތުގައި، ވަރުންގެ ދެމަފިރިން ހަނީމޫން ހޭދަކުރަން ނިންމާފައިވަނީ ތުރުކީގެ އިންތަންބުލްގައި ހުންނަ ސިރަގަން ޕެލަސް ކެމްޕިންސްކި ހޮޓެލް ގައެވެ. އެއީ މުޅި ދުނިޔޭގައި ހުރި އެންމެ ރީތި ހޮޓެލްތަކުގެ ތެރޭގައި ހިމެނޭ 5 ތަރީގެ ހޮޓެލް އެކެވެ. އަދި އެންމެ އަގުބޮޑު ހޮޓެލްތަކުގައި ވެސް މިތަން ހިމެނޭ ކަމަށް އެ ނޫހުން ބުނެއެވެ.

ސިރަގަން ޕެލެސް، އިސްތަންބުލް

ވަރުން އާއި ނަތާޝާގެ ކައިވެނި ހަފްލާ ބާއްވަން އަލީބައުގް ގަައި ހުންނަ ޝާޙްރުކް ޚާންގެ ބަންގްލޯ ދޫކުރަން ނިންމާފައިވާ ވާހަކަ ވެސް ވަނީ މީޑިއާތަކަށް ތިލަވެފައެވެ. ނަމަވެސް މިކަމުގެ ހަގީގަތެއް މިހަތާނަށް ކަށަވަރެއް ނުވެއެވެ.

މި ކައިވެންޏަށް އަންނަ މެހުމާނުން ޙާއްސަ އުސޫލުތަކަކަށް ބޯލަނބަން ޖެހޭ ގޮތަށް ވަރުން އާއި ނަތާޝާ ވަނީ ނިންމާފައެވެ. އެގޮތުން ހުރިހާ މެހުމާނުން ކޮވިޑް-19 އަށް ޓެސްޓު ކުރުމާއި، ހަފްލާއަށް ވަންނައިރު ފޯނު ނުގެންނަން ވަނީ އަންގާފައެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!