އިނގިރޭސިވިލާތުގެ މަޝްހޫރު ލަވަކިޔުންތެރިޔާ ޒޭން މާލިކާއި، އެމެރިކާގެ މަޝްހޫރު މޮޑެލް ޖިޖީ ހަދީދް އަށް މިދިޔަ އަހަރުގެ ސެޕްޓެމްބަރު ލިބުނު އަންހެން ދަރިފުޅަށް ކިޔާ ނަން ޖިޖީ ހާމަކޮށްފިއެވެ.
ދަރިފުޅު ދުނިޔެއަށް އުފަންވީއްސުރެ މިހާތަނަށް އެކުއްޖާގެ މޫނު ފެންނަ ފޮޓޯއެއް ވެސް މީޑިއާގައި ހާމަކޮށްފައިނުވާ މި ޖޯޑު ވަނީ އެކުއްޖާގެ ނަން ވެސް މިއަދާ ހަމައަށް ސިއްރެއްގެ ގޮތުގައި ބާއްވައިފައެވެ. ނަމަވެސް ދާދިފަހުން ޖިޖީ އޭނާގެ އިންސްޓަގްރާމް ބަޔޯ ގައި ވަނީ ދަރިފުޅަށް ކިޔާ ނަން ހިއްސާކޮށްފައެވެ. 25 އަހަރުގެ މޮޑެލް ލިޔެފައިވާ ގޮތުން އެމީހުންގެ ދަރިފުޅުގެ ނަމަކީ ޚައި އެވެ.
އެއާއެކު، ޚައި ހަދީދް މާލިކް ގެ ނަން މިހާރު އަންނަނީ މީސްމީޑިއާގައި ޓެރެންޑް ކުރަމުންނެވެ.
ޒޭން، 28، އާއި ޖިޖީ ލޯބީގެ ގޮތުން ގުޅިގެން އުޅޭތާ އަހަރުތަކެއް ވެފައިޔަސް، މިހާތަނަށް ކައިވެނި ކޮށްފައެއް ނުވެއެވެ.