ފޮޓޯ: ޕީއެސްއެމް ނިއުސް

ރައީސް ޔާމީންގެ މައްޗަށް ހައިކޯޓުން އިއްވި ޙުކުމާ ގުޅިގެން އިދިކޮޅުން ސީދާ ހަރަކާތަށް ނުކުންނަނީ

މަނީ ލޯންޑަރިންގެ ކުށް ސާބިތުވެ ކުރީގެ ރައީސް ޢަބްދުﷲ ޔާމީންގެ މައްޗަށް ކްރިމިނަލް ކޯޓުން އިއްވާފައިވާ ޙުކުމަށް ހައިކޯޓުން ތާއީދުކުރުމަށް ނިންމި ނިންމުން ބަލައިނުގަނެ،  ސީދާ ހަރަކާތަށް ނުކުތުމަށް އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ނިންމައިފިއެވެ.

އިދިކޮޅުން ވަނީ ސީދާ ހަރަކާތަށް ނިކުތުމަށް ޤަރާރެއް ފާސްކޮށްފައެވެ. ލީޑަރޝިޕުން ހުށަހެޅި މިޤަރާރު އިއްވައި ދެއްވީ އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން މިއަދު ބޭއްވި ކުއްލި ކައުންސިލް ބައްދަލުވުމުގައި، އިދިކޮޅު ކޯލިޝަން ހިންގެވުމާ ހަވާލުވެ ހުންނެވި ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) އެވެ. ބައްދަލުވުމުގައި ބައިވެރިވެ ވަޑައިގެންވި މެމްބަރުންގެ އިއްތިފާގުން މި ޤަރާރު ވަނީ ފާސްވެފައެވެ.

ކުރީގެ ރައީސް ޔާމީންގެ މައްޗަށް މަނީ ލޯންޑަރިން ކުށް ސާބިތުވެ ފަސް މިލިއަން ޑޮލަރުން ޖޫރިމަނާކޮށް ފަސް އަހަރަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ހުކުމްކުރީ 2019 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 28 ވަނަދުވަހުއެވެ. މިހުކުމް އިއްވާފައިވަނީ އެމްއެމްޕީއާރުސީ މެދުވެރިކޮށް ދައުލަތަށް ލިބެންޖެހޭ ފައިސާ ރައީސް ޔާމީންގެ އެކައުންޓަށް ޖަމާކުރި މައްސަލާގައެވެ.

ރައީސް ޔާމީންގެ ޖަލުހުކުމް ދެމެހެއްޓުމަށް ހައިކޯޓުން ހުކުމް ކުރުމުން އެރޭވެސް މާލޭގެ ބައެއް މަގުތަކުގައި އިދިކޮޅު ފަރާތްތަކުން ވަނީ އިހުތިޖާޖު ކޮށްފައެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!