މި ފަޅާ އަރުވާލަނީ ޕްރިޔަންކާ ގެ ބޮޑު ސިއްރެއް!

ދޭތެރެ ދޭތެރެއިން ނިދުމުގެ ސަބަބުން ބިޒީ ދުވަސްތަކުގެ ތެރެއިން ދުވަސްތައް ކަނޑައްތުކުރުމަށް ފަސޭހަކަމަށް ޕްރިޔަންކާ ޗޯޕްރާ ބުނެފިއެވެ.

މަޝްހޫރު ފިލްމީ ތަރި ޕްރިޔަންކާ ޗޯޕްރާ ޖޯނަސް މިހެން ބުނެފައިވަނީ އޭނާގެ އެންމެ ފަހުގެ އުފެއްދުން ކަމަށްވާ “އަންފިނިޝްޑް” އަށް ރޭގަނޑު ލަސްވަންދެން މަސައްކަތްކުރަން ޖެހިފާއިވުމާ ގުޅިގެންނެވެ. އަދި މިހެން ބުނެފައިވާއިރު އޭނާ ގޮނޑިއެއްގައި އިށީދެ ވަރުބަލިފިލުވާ މަންޒަރު ދައްކައިދޭ ފޮޓޯއެއްވެސް ވަނީ ބެލުންތެރިންނާ ހިއްސާކޮށްފައެވެ.

މި ފޮޓޯއިން ޕްރިޔަންކާވަނީ އޮލިވް ގްރީންކުލައިގެ ގަމީޙެއްގައިއެވެ. އަދި މި ހެދުން އިތުރަށް ފުރިހަމަ ކޯށްފައިވަނީ ރަންކުލައިގެ ފަށަކުންނެވެ. އަދި މިއީ އޭނާގެ”ހެކްޓިކް” ދިރިއުޅުމުގައި ކަންތައްތައް ހަމަޔަކަށް އެޅުވުމުގެ ސިއްރެއްކަމަށްވެސް އޭނާ ވަނީ ބުނެފައެވެ. އަދި ގިނައިން “ބްރޭކް” ނެގުމުން އެންމެންނަށްވެސް ފަސޭހަވާނެކަމަށްވެސް އޭނާވަނީ ބުނެފައެވެ.

މި ދުވަސް ކޮޅަކީ ޕްރިޔަންކާ އަށް ވަރަށް ބިޒީ ދުވަސްކޮޅެކެވެ. ޕްރިޔަންކާ ދަނީ ލޭޓް ނައިޓް ޝޯވ ތަކުން ފެނަނަމުންނެވެ. މީގެ އިތުރުން ޕްރިޔަންކާ ގެ ދަނީ ހޮލީވުޑް ފިލްމް ” ޓެކްސްޓް ފޯ ޔޫ” ގެ ޝޫޓިގ ގައި ވެސް އުޅެމުނެވެ.

ޕްރިޔަންކާ އެންމެ ފަހުން ފެނިގެން ދިޔައީ ފިލްމް ” ދަ ވައިޓް ޓައިގާ” އިންނެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!