މި އޮތީ ޝާހްރުކް ހާންގެ ފޯނު ނަންބަރު، ބުނީ މެސެޖް އެއް ނަމަވެސް ކޮށްލާށޯ!

ބޮލީވުޑްގެ އެންމެ މަގުބޫލު ސްޕަސްޓާ ޝާހްރުކް ހާން އޭނާގެ ފޯން ނަންބަރު ކިޔާދީފިއެވެ. ސާހްރުކު ވަނީ ގޫގުލް ގައި އޭނާ އާއި ބެހޭ ގޮތުން އެންމެ ގިނައިން ސާޗްކޮށްފައިވާ ސުވާލު ތަކަށް ޖަވާބު ދީފައިއެވެ. 10 ވަރަކަށް ސުވާލަށް އޭނާ ވަނީ ޖަވާބް ދީފައިއެވެ. މި ސުވާލު ތަކަށް ޖަވާބް ދީފައި ވަނީ ރަޖީވް މަސަންދް ގެ ޔޫ ޓިއުބް ޝޯއެއްގައިއެވެ.

އޭގެތެރިން އެއް ސުވާލަކީ އޭނާގެ ފޯން ނަންބަރެވެ. ޝާހުރުކް ގެ ނަންބަރަކީ މީ ކަމަށްބުނެ ކިޔައިދިން ނަންބަރަކީ 5559960321 އެވެ. ޝާހުރުކް ވަނީ ފޯނު ނަންބަރު ކިޔާދިނުމަށްފަހު އޭނާ އަށް ގުޅުމުން ނަގާނެ ކަމަށާއި މެސެޖް އެއް ކުރުމުން އިމޯޖީ އަކުން ރިޕްލައި ކުރާނެ ކަމަށްވެސް ބުނެފައިއެވެ.

ޝާހުރުކް އެންމެ ފަހުން ފެނިގެން ދިޔަ ފިލްމަކީ 2018 އަހަރުގެ ޒީރޯއެވެ. މި ފިލްމް އަކީ މާ ކާމިޔާބް ފިލްމެއް ނޫނެވެ. މި ދިޔަ ދެ އަހަރު ޝާހުރުކް ގެ އެވެސް ފިލްމެއް ބެލުތރިންނަށް ފެނިގެން ނުދިޔަ ނަމަވެސް މި އަހަރު އަނެއްކާވެސް ވަރުގަދަ ކާސްޓަކާއެކު ” ޕަތަން” ކިޔާ ފިލްމް އެއް ވަނީ ކުޅެން ފަށާފައިއެވެ.