މަޝްހޫރު ސައުތު އިންޑިއަން އެކްޓަރު މަހޭޝް ބާބޫ އިންސްޓަގްރާމްގައި ހިއްސާކުރި ފޮޓޯއަކަށް ގިނަ ބައެއްގެ ސަމާލުކަން ލިބިއްޖެއެވެ.
މުނިފޫހިފިލުވުމުގެ ޚަބަރުތައް ގެެނެސްދޭ ބައެއް ނޫސްތަކުން ވެސް ޖާގަ ހޯދާފައިވާ މި ފޮޓޯގައި 45 އަހަރުގެ އެކްޓަރު ފެންނަނީ ވަރަށް ޒުވާންކޮށެވެ. އަދި އެ ފޮޓޯގައި އޭނާގެ އުމުރު ދެގުނު ހަގު ކަމަށް ދައްކާ ކަމަށް ބައެއް މީހުން ފާހަގަކޮށްފައިވއެވެ.

އިންސްޓަގްރާމް ސްޓޯރީގައި ހިއްސާކުރި ފޮޓޯއިން ފެންނަނީ މަހޭޝް އަންހެނަކާ އެކީ ސެލްފީއަކަށް ހުއްޓި ހުރިތަނެވެ. އޭގެ ކެޕްޝަނުން އެނގޭ ގޮތުގައި، އެ އަންހެން މީހާއަކީ މަހޭޝް ބާބޫގެ ހަމުގެ ޙާއްސަ ޑޮކްޓަރެވެ. އެހެންކަމުން އޭނާ އެހާ ޒުވާންކޮށް ހުރުމުގެ ފަހަތުގައި ވަނީ އެ ޑޮކްޓަރު ކަމަށް ބެލެވެއެވެ.
ކާމިޔާބު ގިނަ ފިލްމުތަކެއް ކުޅެފައިވާ މަހޭޝް ބާބޫ މީހަކާ އިނދެގެން 2 ކުދިން ވެސް ތިބެއެވެ.