ސާރާ މިއުޅެނީ ވޮއްމުލި ރިސޯޓުގަ!

ބޮލީވުޑްގެ ޒުވާން ބަތަލާ ސާރާ އަލީ ޚާން، ޗުއްޓީ ހޭދަކުރަން ރާއްޖެއަށް އައިސްފިއެވެ.

25 އަހަރުގެ ބަތަލާގެ އިންސްޓަގްރާމްގައި އިއްޔެ ހިއްސާކުރި ފޮޓޯގައި ވާގޮތުން، އޭނާ ޗުއްޓީ ހޭދަކުރަމުންދަނީ ސެއިންޓް ރެޖިސް މޯލްޑިވްސް ވޮއްމުލި ރިސޯޓުގައެވެ. ސާރާ އެ ރިސޯޓުގެ މޫދު ކައިރީގައި ނަގާފައިވާ ފޮޓޯތަކަށް ވަނީ 1 މިލިއަނަށްވުރެ ގިނަ ލައިކު ލިބިފައެވެ.

ސާރާ ވަނީ މީގެ އަހަރެއްހާ ދުވަސް ކުރިން ވެސް ރާއްޖެއަށް ޗުއްޓީ ހޭދަކުރަން އައިސްފައެވެ. އޭރު އޭނާ އައީ މަންމަ އާއި ކޮއްކޮ އިބްރާހީމް އަލީ ޚާނާ އެކީ ކަމުގައި ވިޔަސް އެ މީހުން މި ފަހަރުގެ ދަތުރުގައި ބައިވެރިވި ކަމެއް ނޭނގެއެވެ.

ސާރާ ޗުއްޓީއަކަށް އައިސްފައި ވަނީ އިންޑިއާގެ ލޮކްޑައުންގެ ކުރިން ޝޫޓިން ފަށާފައި އޮތް ފިލްމު “އަތުރަންގީ ރޭ” ގެ ވަރަށް ގިނަ ދުވަސްތަކެއް ވަންދެން މެދުކެނޑިފައި އޮތުމަށް ފަހު އޭގެ މަސައްކަތް ވެސް މިދިޔަ މަހުގެ ތެރޭގައި ނިންމާލާފައި ވަނިކޮށެވެ. އުންމީދީ ބަތަލާގެ އެންމެ ފަހުގެ ފިލްމަކީ މިދިޔަ މަހު އެމެޒޯން ޕްރައިމް ވީޑިއޯ އިން ސްޓްރީމްކުރި ވަރުން ދަވަންގެ “ކޫލީ ނަމްބަރު 1” އެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!