ފިލްމެއްގެ ޝޫޓިންގައި އުޅެނިކޮށް އާލިއާގެ ހާލުދެރަވެގެން ހޮސްޕިޓަލަށް ގެންގޮސްފި!

ބޮލީވުޑްގެ ޒުވާން ބަތަލާ އާލިއާ ބަޓް، ސަންޖޭ ލީލާ ބަންސާލީގެ ފިލްމު “ގަންގުބާއި ކަތިއަވަދީ” ގެ ޝޫޓިންގައި އުޅެނިކޮށް ސިއްޙީ ހާލަތު ދަށަށް ގޮސްގެން ހޮސްޕިޓަލުގައި އެޑްމިޓުކޮށްގެން ފަރުވާދީފިއެވެ.

މިދިޔަ އާދިއްތަ ދުވަހު އާލިއާ ހޮސްޕިޓަލަށް ގެންދަން ޖެހުނީ، ބޯއަނބުރައިގަނެގެން ކަމަށް ރިޕޯޓުތައް ބުނެއެވެ. އަދި އެއީ ފިލްމުގެ ޝޫޓިންގައި މާ ބުރަކޮށް އުޅެންޖެހުމުން ކަމަށް ހީވެފައި އޮތަސް، އެ ފިލްމުގެ އެހެން އެކްޓަރަކު ‘ޓައިމްސް އޮފް އިންޑިއާ’ އަށް ކިޔައިދިން ގޮތުގައި، ޝޫޓިންގައި އާލިއާ ވަރުބަލިވާންޖެހޭ ވަރުގެ ކަމެއް ނުހިނގައެވެ. އަދި ސަންޖޭ ލީލާ ބަންސާލީއަކީ އޭނާގެ އެކްޓަރުން ލައްވައި ގިނަ އިރުވަންދެން މާ ބުރަކޮށް މަސައްކަތް ކުރުވާ މީހެއް ނޫން ކަމަށް ބުންޏެވެ.

“އަހަރެމެން މި ފިލްމަށް މާ ގިނައިން ދަތުރުކުރާކަށް ވެސް ނުޖެހޭ. އެއީ މި ފިލްމަކީ މުމްބާއީ ގައި ބޮޑުބައި ކުޅޭ ފިލްމެއް. އަދި ފިލްމުގެ 90 އިންސައްތަ ނިމި، މިހާރު ބާކީ އޮތީ ބައެއް ލަވަތައް ނެގުން” ސީނިއާ އެކްޓަރު ސީމާ ޕަހްވާ ކިޔައިދިނެވެ.

ސީމާ ބުނީ، އާލިއާ ވަރުދެރަވީ އެހެން ސަބަބަކާހުރެ ކަމަށް ބެލެވޭ ކަމަށެވެ. އަދި އެއީ ފިލްމުގެ ޝޫޓިންގ އާ ގުޅުމެއް ހުރި ކަމެއް ނޫން ކަމަށް ބުންޏެވެ.ނަމަވެސް މިކަމާ ބެހޭގޮތުން އާލިއާ މިހާތަނަށް އެއްޗެއް ހާމަކޮށްފައެއް ނުވެއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!