ބޮލީވުޑް ފިލްމު ޕްރޮޑިއުސަރު ބޯނީ ކަޕޫރާއި، ކުރީގެ މަޝްހޫރު ބަތަލާ ސްރީދޭވީގެ ހަގު ދަރިފުޅު ޚުޝީ ކަޕޫރު ބޮލީވުޑަށް ތަޢާރަފްވާން އުޅޭކަމުގެ އިޝާރާތެއް ބޯނީ ކަޕޫރު ދީފިއެވެ.
‘އީޓައިމްސް’ އާ ވާހަކަދައްކަމުން ބޯނީ ކަޕޫރު ކިޔަދިން ގޮތުގައި، ޚުޝީގެ ދައްތަ ޖާންވީއެކޭ އެއްގޮތަށް ޚުޝީ ވެސް ބޭނުންވަނީ އެކްޓަރަކަށް ވާންކަމަށެވެ. އަދި ޚުޝީގެ ފުރަތަމަ ފިލްމުގެ އިޢުލާން ވަރަށް އަވަހަށް ފެނިގެންދާނެ ކަމަށް ބޯނީ ބުންޏެވެ. ނަމަވެސް އެ ފިލްމު ޕްރޮޑިއުސް ކުރާނީ އޭނާ ނޫން ކަމަށާއި، އަމިއްލަ ދަރިފުޅު ބޮލީވުޑަށް ތަޢާރަފްވާ ފިލްމު ޕްރޮޑިއުސްކުރަން ބޭނުންނުވާ ކަމަށް ބުންޏެވެ. އެހެންކަމުން ޚުޝީގެ އަލަތު ފިލްމު ހަދަނީ މަޝްހޫރު އެހެން ޕްރޮޑަކްޝަން ހައުސް އަކުން ކަން ބޯނީ ހާމަކުރިއެވެ. ނަމަވެސް އޭގެ ތަފްސީލެއް ނުދެއެވެ.
ޚުޝީ، 20، އަކީ މިހާރުވެސް މީސްމީޑިއާގައި ބޮޑު ފޭން ފޮލޮވިންގެއް އޮންނަ ކުއްޖެކެވެ.