ޔޫއޭއީ އިން މިހާތަނަށް 2 މިލިއަނަށްވުރެ ގިނަ ވެކްސިން ތައްޔާރުކޮށްފި

ޔޫއޭއީ އިން ކޮވިޑް 19 އަށް އުފެއްދި ވެކްސިންގެ 2 މިލިއަނަށްވުރެ ގިނަ ވެކްސިން މިހާތަނަށް ތައްޔާރުވެފައިވާކަމަށް ކަމާބޭ އިދާރާއިން ބުނެފިއެވެ.

އަންގާރަ ދުވަހު ނެރުނު ބަޔާނުގައި ވާގޮތުން 93846 ވެކްސިންވަނީ 24 ގަޑިއިރު ތެރޭގައި އުފައްދާފައެވެ. މިހެންވުމާއެކު ޖުމުލައެކު 2.06 މިލިއަން ވެކްސިން ތައްޔާރުވެއްޖެއެވެ. މިއީ ކޮންމެ 100 މީހަކަށް 20.88 ވެކްސިންކަމަށްވެސް އެބަޔާނުގައި ބުނެފައިވެއެވެ.

ޔޫއޭއީ ގެ މިނިސްޓާރ އޮފް އިންޑަސްޓްރީ އެންޑް އެޑްވާނސްޑް ޓެކްނޮލޮޖީ ޑރ. ސުލްތާން އަހުމަދު އަލް ޖަބާރް ވަނީ މި ބަޔާނަކީ ތެދު ބަޔާނެއްކަމަށް ވިދާޅުވެފައެވެ. މިހެން ވިދާޅުވެފައިވަނީ “ވާޗުއަލް” ހަފްލާއެއްގައެވެ.

މިނިސްޓަރު ވިދާޅުވެފައިވާ ގޮތުގައި މި ޕެންޑަމިކްގެ ތެރޭގައި ދުނިޔޭގެ އެކި ކަންކޮޅުތަކުގެ “ސަޕްލައި ޗެނަލްސް” ތަކަށް ވަރަށް ބޮޑެތި ގޮންޖެހުން ތަކާއި ކުރިމަތިލާން ޖެހުނެވެ. އެހެންނަމަވެސް ޔޫއޭއީ އިން ވަނީ މިކަމުގައި އިސްނަގާ، މި ގޮންޖެހުންތަކަކީ ލިބުނު އިތުރު ފުރސަތުތަކަށް ބަދަލު ކޮށްދީފައެވެ. އަދި މިއީ މި ވެކްސިން ތައްޔާރުކުރުމަށް އެޅުނު އެންމެ ބޮޑު އެއް ފިޔަވަޅެވެ.

ޔޫއޭއީ އިން ވަނީ މި ބަޔާން އެކި އެކި މީސްމީޑިއާގައި އާންމުކޮށްފައެވެ. އެގޮތުން މި ބަޔާނާ ގުޅޭއަދަދުތައްވެސް ވަނީ ޓްވިޓާގައި އާންމުކޮށްފައެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!