އަދާލަތު ޕާޓީގެ ރިޔާސީ އިންތިހާބަށް ކުރިމަތިލުމުގެ މުއްދަތު އިތުރުކޮށްފި

އަދާލަތު ޕާޓީގެ ރިޔާސީ އިންތިހާބަށް ކުރިމަތިލުމުގެ މުއްދަތު އަންނަ ބުރާސްފަތި ދުވަހުގެ ނިޔަލަށް އިތުރުކޮށްފިއެވެ.

އަދާލަތު ޕާޓީގެ ރައީސް އަދި ނައިބު ރައީސް ކަމުގެ މަގާމަށް އަންހެނުންނަށް ކުރިމަތި ލެވޭނެ ގޮތަށް އެ ޕާޓީގެ އަސާސީ ގަވާއިދު ބަދަލުކުރުމަށް ފަހު، އެ މަގާމުތަކަށް ކުރިމަތިލާން ހުޅުވާލި ފުރުސަތު އިތުރު ކުރި މިއީ ދެވަނަ ފަހަރެވެ.

ފުރަތަމަ އެ މަގާމުތަކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލީ މި ދިޔަ އާދިއްތަ ދުވަހުއެވެ. ނަމަވެސް މިއަދުގެ ނިޔަލަށް އެ މުއްދަތު ހަމަވާތީ ދެވަނަ ފަހަރަށް މުއްދަތު އިތުރުކޮށްފައި ވާ ކަމަށް އަދާލަތުން ބުނެއެވެ. އެ ގޮތުން އަންނަ ބުރާސްފަތި ދުވަހުގެ ހަވީރު 4:00 އާ ހަމައަށް މިހާރު ފުރުސަތު ވަނީ ހުޅުވާލާފައެވެ.

އަދާލަތު ޕާޓީގެ ރިޔާސީ އިންތިހާބަށް ކުރިމަތިލުމުގެ މުއްދަތު އަންނަ ބުރާސްފަތި ދުވަހަށް އިތުރު ކޮށްފައި ވާއިރު، މިހާރު އެ ޕާޓީގެ ރައީސް ކަމަށް ކުރިމަތިލައްވާފައި ވަނީ މިހާރުގެ ވެސް ރައީސް އަދި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އެކަންޏެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!