ސަނާ ހާން ވަނީ އިންސްތަގްރާމްގެ ޕޯސްޓެއް މެދުވެރިކޮށް ފިރިމީހާ އަނަސް އަށް ޝުކުރު އަދާކޮށް ޕޯސްޓެއް ކޮށްފައިއެވެ. މި ޕޯސްޓް ގައި ސަނާ ހެޔޮމަގަށް އުޅުމަށް ހިތްވަރު ދޭތީ އޭނާ ވަނީ ވަރަށް ބޮޑަށް އެކަން ފާހަގަ ކޮށް ޝުކުރު އަދާކޮށްފައިއެވެ.
ސަނާ ހާން އަންނަނީ ސޯޝަލް މީޑިއާގައި ފިރިމީހާ އަށް ތައުރީފް ކުރަމުންނެވެ. ކުއްލި ގޮތަކަށް ކުރި މި ކައިވެންޏާއި ބެހޭގޮތުން ދަނީ ތަފާތު ވާހަކަތަށް ދެކެވެމުންނެވެ. ނަމަވެސް އޭނާ ދަނީ އަނަސްދެކެ ލޯބިވާކަމަށްވެސް ދައުވާކުރަމުނެެވެ.
މި ޕޯސްޓްގައި ސަނާ ހާން ފެނިގެން ދަނީ މުށި ކުލައިގެ އަބާޔާއެއްގައިއެވެ.
އަނަސް އާއި ސަނާ ކައިވެނި ކޮށްފައިވަނީ މިދިޔައ އަހަރުގެ ނޮވެމްބަރު މަހުގެ 20 ވަނަ ދުވަހުއެވެ. މި ދެމަފިރިން ހަނީމޫން އަށް ގޮސްފައިވަނީ ޕާކިސްތާންގެ ކަޝަމީރަށެވެ.
ސަނާ ހާން އަކީ ސޯޝަލް މީޑިއާގައި ވަރަށް ހަރަކާތްތެރިއެވެ.