ނޯރާ ގެ މި ހެދުން ފެނި ކޮސްނުވާ މީހަކު ނެތް!

މަޝްޙޫރު ނެށުންތެރިޔާ ނޯރާ ފަތޭހި އަކީ ގިނަ މީހުން ފެޝަން އައިކަންއެއް ގޮތުގައި ބަލައިގަންނަ ތަރިއެކެވެ. އެގޮތުން ނޯރާ ދުބާއީގައި އޮތް އިވެންޓަކަށް ދިޔައިރު ލައިގެންހުރި “ބެއިޖް ކަފްތާން” އަރަބި ހެދުމުގައި ފެންނަނީ ނުލާހިކު ފުރުހަމަކޮށެވެ. ނޯރާގެ މިހެދުމުގައި ފެންނަ ފޮޓޯއެއް އިންޓަނެޓުގައި ވައިރަލް ވެފައިވާއިރު، މި ހަބަރުވަނީ ހެޑްލައިސްއަށްއަރާފައެވެ. 

މި ހެދުމަކީ ވަރަށް ގިނަ މިނާފުށްތަކަކުން ހަދާފައިވާ ހެދުމެކެވެ. އަދި ނޯރާވަނީ މި ހެދުމުގެ މަތިން ކުރީމްކުލައިގެ ޖެކެޓެއްލައިފައެވެ. ޖެކެޓުގައިވެސް މިނާތަށް ހަރުކޮށް ޖަރީކޮށްފައިވާއިރު، ޖެކެޓުގެ މަތިން ނޯރާވަނީ ބެލްޓެއްވެސް އަޅާފައެވެ. މި ހެދުމުގައި ނޯރާ ސިފަވަނީ ޝާހީ އާއިލާއެއްގެ މެންބަރެއްހެންނެވެ. މި ހެދުމާއެކު ނޯރާ ވަނީ ރަންކުލައިގެ ފަށެއް ބޭނުންކޮށްފައެވެ. އަދި ކޮށްފައިވަނީ ހެދުމާއި ގުޅޭ މޭކަޕް އެކެވެ.

މި ހެދުމުގެ އިތުރުން ނޯރާގެ އެހެން ހެދުންތަކާއި އެކު ނަގާފައިވާ އެހެން ފޮޓޯތައް ފެނުމުންވެސް ފޭނުން ތިބީ ކޮސްވެފައެވެ.

ނޯރާ އެންމެ ފަހުން ފެނިގެންގޮސްފައިވަނީ ގުރޫ ރަންދާވާގެ ލަވަ “ނާޗް މެރީ ރާނީ” އިންނެވެ. އަދި ނޯރާވަނީ 2020 ގައި ވަރުން ދަވަން އަދި ޝްރައްދާ ކަޕޫރް އާއެކު ފިލްމު “ސްޓްރީޓް ޑާންސާ D3 އިންވެސް ފެނިގެންގޮސްފައެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!