އަންކިތާ ބުނަނީ ސުޝާންތުގެ މި ލަވަ އިވުމުން ހީބިހިނަގާ ކަމަށް!

މިދިޔަ އަހަރުގެ ޖޫންމަހު ދަންޖެހިގެން މަރުވި އެކްޓަރު ސުޝާންތު ސިންގް ބޮލީވުޑަށް ތަޢާރަފްވި ފިލްމު “ކައި ޕޯ ޗޭ” ގެ ލަވައަކަށް ވީޑިއޯކޮޅެއް ހަދައި، އަންކިތާ ލޯކަންޑޭ ޓްވިޓާގައި ހިއްސާކޮށްފިއެވެ.

ސުޝާންތުގެ ކުރީގެ ލޯބިވެރިޔާ، ޓީވީ އެކްޓްރެސް އަންކިތާ ޓްވިޓާގައި ހިއްސާކޮށްފައިވަނީ، “ކައި ޕޯ ޗޭ” ގެ “މާންޖާ” ލަވައެވެ. އަންކިތާ ވަނީ އެ ލަވައަށް ހަރަކާތްކޮށް، ފޭނުންނަށް ދޫކޮށްލައިފައެވެ. އެ ވީޑިއޯކޮޅުން ފެންނަނީ އަންކިތާ މަޑި އަރުވާ މަންޒަރެވެ.

އަންކިތާ ބުނީ އެ ލަވަ އިވުމުން މިހާރުވެސް ހީބިހިނަގާ ކަމަށެވެ. އަދި އެ ފިލްމަކީ އެތައް ހަނދާންތަކަކާ ގުޅިފައިވާ ފިލްމެއް ކަމަށްވެސް ބުންޏެވެ.

ސުޝާންތު ބޮލީވުޑަށް ތަޢާރަފްވިއިރު އުޅުނީ އަންކިތާއާ ރައްޓެހިވެގެންނެވެ. ނަމަވެސް އޭގެ ދެތިން އަހަރު ފަހުން އެދެމީހުން ރުޅިވުމަށްފަހު، ސުޝާންތު ވަނީ ބޮލީވުޑްގެ ބަތަލާއިންތަކަކާ ގުޅުން ބާއްވައިފައެވެ. ނަމަވެސް ސުޝާންތު ދަންޖެހިގެން މަރުވުމާއެކު، އެ މަރަށް އިންސާފު ހޯދައިދިނުމަށް ގޮވައިލާ މީސްމީޑިއާގައި އެންމެ ގަދަޔަށް ހަރަކާތްތެރިވި އެކަކީ އަންކިތާ އެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!