Residents inspect an earthquake-damaged buildings in Mamuju, West Sulawesi, Indonesia, Friday, Jan. 15, 2021. A strong inland and shallow earthquake hit eastern Indonesia early Friday causing people to panic in parts of the country???s Sulawesi island and run to higher ground. (AP Photo/Rudy Akdyaksyah)

އިންޑޮނޭޝިއާއަށް ބާރުގަދަ ބިންހެލުމެއް އައިސް ގިނަ ބަޔަކު މަރުވެއްޖެ

އިންޑޮނޭޝިޔާގެ ސުލަވެސީއަށް އައި ބާރުގަދަ ބިންހެލުމެއްގައި 34 މީހުން މަރުވެ 600އަށްވުރެ ގިނަ މީހުން ޒަޚަމްވެއްޖެއެވެ.

ރެކްޓަރ މިންގަނޑުން 6.2ގެ ބާރުގަދަ ބިންހެލުން ސުލަސެވީއަށް އައިސްފައިވަނީ ދަންވަރުގެ ވަގުތެއްގައެވެ. ބިމުގެ 10 ކިލޯމީޓަރު އަޑިން އައި ބިންހެލުމުގެ ސަބަބުން ސުނާމީއެއް އުފެދިފައިނުވިނަމަވެސް އޭގެ ސަބަބުން ޗަކަ ފޭބުމުގެ ހާދިޘާތައްވަނީ މެދުވެރިވެފައެވެ. އަދި ގިނަ ޢަދަދެއްގެ އިމާރާތްތަކަށްވަނީ ގެއްލުން ލިބިފައެވެ. ބިންހެލުމުގެ ސަބަބުން 15،000އަށްވުރެ ގިނަ މީހުންވަނީ އެހެން ސަރަޙައްދުތަކަށް ދިއުމަށް މަޖުބޫރުވެފައެވެ. ގެއްލުން ލިބުނު ސަރަޙައްދުތަކުން ކަރަންޓުގެ ޚިދުމަތްވެސްވަނީ ކެނޑިފައެވެ.

މާޖީން ކިޔާ ސިޓީއާއި ހަ ކިލޯމީޓަރު ދުރުން އައި ބިންހެލުމުގެ ސަބަބުން އެ ސިޓީގެ އުތުރުގައި އޮންނަ މަމުޖޫ ސިޓީގެ ހަސްފަތާލެއްވަނީ ބިމާއި ހަމަވެފައެވެ. އެ ހަސްފަތާލުގައި ތިބި ގިނަ ޢަދަދެއްގެ ބަލި މީހުންނާއި މުވައްޒަފުންވަނީ އިމާރާތުގެ ދަށުވެފައެވެ. އެމީހުން ސަލާމަތްކުރުމުގެ މަސައްކަތް ކުރަމުންދާކަމަށް ކަމާއިބެހޭ ފަރާތްތަކުން ބުންޏެވެ.

ބިންހެލުމުގައި މިހާތަނަށް މަރުވެފައިވާ އެންމެންނަކީވެސް މަމުޖޫ ސިޓީއިން މަރުވެފައިވާ މީހުންނެވެ. މަރުވެފައިވާ މީހުންގެ ޢަދަދު އަދިވެސް އިތުރުވުމަކީ އެކަށީގެންވާކަމެއްކަމަށް އެ ސިޓީގެ ކާރިޘާތަކާއިބެހޭ އިދާރާއިން ބުންޏެވެ. ސުނާމީއެއްގެ އިންޒާރު މިހާތަނަށް ދީފައިނުވާނަމަވެސް ބިންހެލުމުގެ ސަބަބުން އުފެދޭ ބާރުގަދަ ލޮޅުންތަކުގެ ސަބަބުން ސުނާމީއެއް އުފެދުމުގެ ފުރުޞަތުއޮތްކަމަށް އިންޑިނޭޝިޔާގެ މީޓިއޮރޮލޮޖީ އެންޑް ޖިއޯފިޒިކްސް އޭޖެންސީއިން ބުންޏެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!