ރާހުލް އާއި ކައިވެނި ނުކުރުމަށް ބުނުމުން ދިޝާގެ ވަރުގަދަ ރައްދެއް!

“ބިގް ބޮސް 14” ގެ ބައިވެރިޔާ ރާހުލް ވައިދްޔާ އާއި ކައިވެނިނުކުރުމަށް ދިޝާ ޕަރްމަރްކައިރީ ފޭނަކު ބުނުމުން ދިޝާވަނީ ވަރުގަދަ ރައްދެއް ދީފައެވެ.

ދިޝާ ޕަރްމަރްގެ އިންސްޓާގުރާމުގެ ޕޯސްޓެއްގައި ފޭނަކު ލިޔެފައިވަނީ، ރާހުލް ކަހަލަ ލޫޒާ އަކާއި ކައިވެނިނުކުރުމަށާއި އަމިއްލަ މުސްތަޤުބަލަށް ބެލުމަށާއި ރާހުލްގެ ދަރިންގެ މަންމައަކަށްވެސް ނުވުމަށެވެ. މި ކޮމެންޓަން ދިޝާ ރައްދުގައި ލިޔެފައިވަނީ އޭނާ ކޮންމެ ކަމެއް ކުރިއަސް ނުކުރިޔަސް އެއީ ބެހޭކަމެއް ނޫންކަމަށެވެ.

މިދިޔަ އަހަރުގެ ނޮވެމްބަރ މަހު ދިޝާގެ އުފަންދުވަހު، “ބިގްބޮސް14” ގެ ޝޯވ ތެރޭގައި ރާހުލް ވަނީ ދިޝާއަށް ޕްރޮޕޯސްކޮށްފައެވެ. ދިޝާ ކައިރީ ބިގްބޮސްގެ މޭކާރސް އާއި ވާހަކަދައްކައިގެން ޖަވާބެއް ދިނުމަށް އެދުނު ނަމަވެސް ދިޝާ އަދި ޕަބްލިކްކޮށް ޖަވާބެއް ދީފައެއް ނުވެއެވެ.

ނަމަވެސް ފެމިލީ ވީކްގައި ބިގްބޮސްގެ ގެއަށް އައިސް ރާހުލްގެ މަންމަ ގީތާ ވައިދްޔާ ވަނީ އެދެމީހުންގެ ކައިވެނީގެ ތައްޔާރީތައް ވަމުން ދާކަމަށާއި ދެ އާއިލާއިންވެސް ޤަބޫލުކަމަށެވެ. ހަބަރުތައް ބުނާގޮތުގައި ރާހުލް އާއި ދިޝާ މިއަހަރުގެ ޖޫންގައި ކައިވެނިކުރާނެއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!