ކެޓްރީނާ ގެ އާފިލްމުގައި ވިޖޭ!

މިދިޔަ އަހަރު ޑިސެމްބަރ މަހުގައި އެކްޓުރެސް ކެޓްރީނާ ކެއިފް އޭނާގެ ބިރުވެރި ފިލްމެއްކަމައްވާ “ފޯން ބޫތް” ގެ ޝޫޓިންއަށް ސިދާތް ޗަތުރްވެދީ އަދި އިޝާން ކައްޓަރް އާއި ވަނީ ގުޅިފައެވެ.

މި ފިލްމުގެ މަސައްކަތް އަދިވެސް ކުރިއަށް ދާއިރު، ޕިންކް ވިލާއަށް ހަބަރު ލިބުނު ގޮތުގައި ފިލްމް މޭކަރ ސްރިރަމް ރާގަވަންގެ ދެން ރިލީސްކުރާ ފިލްމުގައި ވިޖޭ ސެތުޕަތީ އާއެކު ފެނިގެންދާނެއެވެ. މި ފިލްމުގެ މަސައްކަތް ފެށޭނީ މިއަހަރުގެ އޭޕްރީލް މަހު ޕޫނޭގައެވެ. މި ފިލްމަކީ ކެޓް އާއި ވިޖޭ އެކުގައި ފެނިގެންދާ ފުރަތަމަ ފިލްމެވެ.

ކެޓްރީނާ އަކީ އަބަދުވެސް ތަފާތު ކެރެކްޓާތަކުން ފެނިގެންދާ ތަރިއެކެވެ. ސްރިރަމް އޭނާގެ ފިލްމުގެ ރޯލު ކެޓްރީނާއަށް އޮފާކޮށްފައިވަނީ ފިލްމު “ޓައިގާ 3″އަކަށް ސޮއިކޮށްފައި ވަނިކޮށެވެ. އެހެންކަމުން ކެޓްރީނާއަށް ޖެހޭނީ މި ދެފިލްމުގެ ޝޫޓިން ތެރޭގައި ދެކޮޅަށް ދެކޮޅަށް ދުވާށެވެ.

“ފޯން ބޫތް”ގެ އިތުރުން ކެޓްރީނާ ކެއިފް، އައްބާސް ޒަފަރްގެ ފުރަތަމަ ބޮލީވުޑްގެ އަންހެން ސުޕާހީރޯ ފިލްމަކުން ފެނިގެންދާނެކަމަށް ރިޕޯޓުތައް ބުނެއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!