މި އަހަރު ވަރުން ކައިވެނި ކުރަނީ!

2020 ގައި ކައިވެނިކުރަން ކަނޑައަޅައި ޕެންޑަމިކާއި ގުޅިގެން އެތަށް ބޮލީވުޑް ޖޯޑުތަކެއްގެ ކައިވެނި ފަސްކުރަންޖެހުނެވެ. ނަމަވެސް 2021 ގައި އަލުން އަނެއްކާ ކައިވެނީގެ ތައްޔާރީތައް ވަމުންއެބަދެއެވެ.

އެގޮތުން ކުޑައިރުން ފެށިގެން ދެ ލޯބިވެރިންކަމުގައިވާ އެކްޓަރ ވަރުން ދަވަން އާއި ނަތާޝާ ދަލާލް ވެސް މިމަހު ކައިވެނިކުރާނެއެވެ.

ހަބަރުތައް ބުނާގޮތުގައި ވަރުން އާއި ނަތާޝާގެ ކައިވެނީގެ ހަފްލާތަކަށް ވަރުން ވަނީ ފައިވް ސްޓާ ހޮޓަލެއް ބުކްކޮށްފައެވެ. އަދި ވަރުންގެ ކައިވެންޏަކީ ޕަންޖާބީގޮތަށް ބާއްވާ ކައިވެންޏެއް ކަމަށާއި ކޮވިޑު 19 އާއި ގުޅިގެން ހަފްލާތަކުގައި ބައިވެރިވެވޭނީ 200 މީހުންނަށްކަމަށެވެ.

އިންޑަސްޓުރީއާއި ވަރުން ގުޅުނުތާ ކުރީކޮޅު ވަރުން ވަނީ އޭނާއާއި ނަތާޝާގެ ރިލޭޝަންޝިޕް ސިއްރުކޮށް ބާއްވާފައެވެ. އަދި ފަހުގެ އިންޓަވިއުއެއްގައި ވަރުންވަނީ މިއަހަރު ފަހަރެއްގައި ނަތާށާއާއި ކައިވެނިކުރާނެކަމަށް ބުނެފައެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!