އަމީނިއްޔާ ސްކޫލުގެ ގްރޭޑް ތިނަކަށް ކިޔަވައިދެމުން އަންނަ ޓީޗަރެއް ކޮވިޑަށް ޕޮޒިޓިވްވެއްޖެ އެވެ.
މިކަން އެޗްއޯއީސީން ވަނީ ކަށަވަރުކޮށްދީފައެވެ. ނޫސްވެރިންނަށް މައުލޫމާތު ދިނުމަށް އެޗްއީއޯސީން އެކުލަވާލާފައިވާ ގްރޫޕުގައި އޮފިޝަލަކު ވިދާޅުވީ، އަމީނިއްޔާ ސްކޫލުގެ ގްރޭޑް ތިނެއްގެ ޓީޗަރަކު ކޮވިޑް 19 އަށް ޕޮޒިޓިވްވެފައިވާ ކަމަށެވެ.
އެގޮތުން އެ ޓީޗަރުގެ ކްލޯޒް ކޮންޓެކްޓުންގެ ގޮތުގައި ދިމާވެފައިވާ އިތުރު ޓީޗަރުން ކަރަންޓީނު ކޮށްފައިވާ ކަމަށް އެޗްއޯއީސީން ބުނެއެވެ. އަދި ކަރަންޓީނު ކުރެވުނު އިތުރު ޓީޗަރުންނާއި ދިމާވެފައިވަނީ ސްކޫލު މާހައުލުން ބޭރުން ކަމަށް އެޗްއޯއީސީން މައުލޫމާތުދެއެވެ.
އެޗްއޯއީސީން ބުނީ ސްކޫލުގައި ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅާފައިވުމުން، އެއްވެސް ދަރިވަރެއް ކޮންޓެކްޓެއްގެ ގޮތުގައި ނުބެލޭ ކަމަށެވެ.