އެއްވެސް ކޮންޓްރެކްޓަރަކަށް ފައިސާ ނުދީ ނޯންނާނެ: ފެނަކަ

ފެނަކަ ކޯޕަރޭޝަނުގެ އެއްވެސް މަޝްރޫޢެއްގެ ކޮންޓްރެކްޓަރަކަށް ހަމަޖެހިފައިވާ އުސޫލުން ފައިސާ ދޫނުކޮށް ނޯންނާނެކަމަށް އެކޯޕަރޭޝަނުން ވިދާޅުވެއްޖެއެވެ.

ފެނަކަ ކޯޕަރޭޝަންގައި ހިންގާ މަޝްރޫޢުތައް ކުރިއަށް ގެންދިޔުމަށް ތިބި ކޮންޓްރެކްޓަރުންނަށް އެމީހުން ކުރި މަސައްކަތުގެ ފައިސާ ނުދީ ހިފަހައްޓާފައިވާ ކަމަށް ބަޔާންކޮށް 13 ޖެނުއަރީ ގައި އޮންލައިން ނޫސް “ދިޔަރެސް” ގައި ޝާޢިއު ކޮށްފައިވާ ޚަބަރަކާއި ގުޅިގެން ފެނަކަ އިން ބުނީ ހަމަހަމަ ކަމާއި ޒިންމާދާރު ކަމާއިއެކު ކުރެވޭ ނޫސްވެރިކަމެއްގައި، ފެނަކަ ކޯޕަރޭޝަންގެ ބަހެއް ހޯދުމަކާއި ނުލައި “ދިޔަރެސް” ގައި ޝާޢިއު ކުރުމަކީ ޒިންމާދާރު ނޫސްވެރިކަމެއް ކުރުމުގައި ވަކި ފަރާތަކަށް ބުރަވެ، ސިޔާސީ ގޮތުން ފެނަކަ ކޯޕަރޭޝަނާއި މެދު ޢާއްމުންގެ މެދުގައި ޝައްކާއި ވަހުމް އުފެއްދުމުގެ އިތުރުން ކުންފުނީގެ ނަން ކިލަނބު ކުރުމަށް ކުރި ނާތަހުޒީބު ފިނޑި ޢަމަލެއް ކަމަށެވެ.

އެކޯޕަރޭޝަނުން ވިދާޅުވީ އެއްވެސް އެކުންފުންޏާއެކު، އެއްބަސްވުމެއްގެ ދަށުން ކުރެވޭ މަސައްކަތެއްގައި، ކޮންމެ ކޮންޓްރެކްޓަރަކަށްވެސް ލިބިދޭންޖެހޭ ފައިސާ އެއެއްބަސްވުމެއްގެ ރޫޙާއި އެއްގޮތްވާގޮތަށް ނުދީ ނޯންނާނެކަމަށެވެ.

ފެނަކަ ކޯޕަރޭޝަނުންވަނީ މަދު ކޮންޓްރެކްޓަރުންގެ ފަރާތުން ލިބުނު މައުލޫމާތަކަށް ބަލައި ފެނަކައިގެ ބަހެއް ނުހޯދައި ހަޤީޤަތް އޮޅޭ މަޢުލޫމާތެއް އާއްމުކުރުމަކީ ޒިންމާދާރުކަން ކުޑަ ކަމެއްގެ ގޮތުގައި ސިފަކުރައްވާފައެވެ. އަދި މިއީ ރައްޔިތުންގެ މެދުގައި ފެނަކަ ކޯޕަރޭޝަންއާއި މެދުގައި ޝައްކާއި ވަހުމު އުފެއްދުމުގެ އިތުރުން ކުންފުނީގެ ނަން ކިލަނބުކުރުމަށް ކުރި ނާތަހުޒީބު ފިނޑި އަމަލެއްކަމަށްވެސް އެ ކޯޕަރޭޝަންގެ ބަޔާނުގައި ވެއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!