ކޮވިޑު 19 ގެ ޕެންޑަމިކުގައި، އިމިއުން ސިސްޓަމްއަށް ވަރަށް ސަމާލުކަން ދޭންޖެހެއެވެ. ކޮވިޑް 19 އާއި ދެކޮޅަށް އިމިއުންސިސްޓަމް ވަރުގަދަ ކުރުމަށް ވިޓަމިން ސީ އަދި ވިޓަމިން އީ އެކުލެވޭ މޭވާ ކަމުގައިވާ، ގުރޭޕްފުރުޓް އަދި އެވޮކާޑޯ ފަދަ ކާނާ ކާށެވެ.
މިކިޔައިދެނީ އިމިއުންސިސްޓަމް އަށް ބޭނުންވާ ނިއުޓްރިޝަން އެކުލެވޭ އަދި ބަރުދަން ލުއިކުރުމަށް އެންމެ މޮޅު ޑައިޓުތަކެކެވެ.
- ކީޓޯ ލައިޓް
ކީޓޯ ޑައިޓުގައި ގިނައިން ކާނީ ޕުރޮޓީން އަދި ފެޓްސް އެކުލެވޭ މާއްދާތައްކަމަށްވާ އެވޮކާޑޯ، އަލްމަންޑްސް އަދި ކާށިއެވެ.
- ފްލެކްސިޓޭރިއަން ޑައިޓް
މި ޑައިޓުގައި ބޭނުންކުރާނީ ހަމައެކަނި ދަނޑުގޮވާމުތަކެވެ. އޭގެ ތެރޭގައި ބަރަބީ އޮށާއި ޕީސް އާއި އަލްމަންޑު ފަދަ ތަކެއްޗެވެ. އަދި މި ޑައިޓުގައި އެއްވެސް ވަރަކަށް މަހުގެ ބާވަތެއް ބޭނުންނުކުރާށެވެ.
- އިންޓާމިޓެން ފާސްޓިން
މި ޑައިޓު ކުރާނީ ދުވަހުގެ 8 ގަޑިއުރު ކެއުމަށްފަހު ބާކީއޮތް 16 ގަޑިއިރު ނުކައި ރޯދައަށް ހުންނަހެން ހުންނާނީއެވެ. މި ޑައިޓުގައި 8 ގަޑިއިރުގެ ތެރޭގައި ކޮންމެ ބާވަތެއްގެ ކާނާއެއް ކެވިދާނެއެވެ.
- ޑޭޝް ޑައިޓް
ޑޭޝް ޑައިޓަކީ ހިތުގެ ބަލިތަކުންނާއި ލޭމައްޗަށް ދިއުން ކޮންޓުރޯލްކުރާ ޑައިޓެކެވެ. މި ޑައިޓުގައި ކާނީ އާންމުކޮށް ކާ ފައިދާހުރި ކާނާ އެވެ. އޭގެ ތެރޭގައި ތަރުކާރީއާއި މޭވާ މަހުގެ ބާވަތްތައް ހިމެނެއެވެ.