ރަސޯޑި މޭ ކޯންތާ ކަމުދިޔަ މީހުންނަށް މިއޮތީ މިފަދަ އާ ވީޑިއޯއެ، މިފަހަރު ކާޖޮލް ގެ ގަމްލާ

2020 ވަނަ އަހަރުގެ މީމް ޓުރެންޑުގެ އެންމެ މަތީގައި އޮތީ “ސާތްނިބާނާ ސާތިޔާ”ގެ ޑައިލޮގެއްކަމުގައިވާ “ރަސޯޑީ މޭ ކޯން ތާ” އެވެ. ޔޫޓިއުބަރ ޔަޝްރާޖް މުކަރްޖޭ މި ޑައިލޮގު ވަނީ ރެޕްއެއްގެ ގޮތުގައި ހަދާފައެވެ.

“ރަސޯޑި މޭ ކޯންތާ” ކަމުދިޔަ މީހުންނަށް އަނެއްކާވެސް މިއޮތީ މިފަދަ އާ ވީޑިއޯއެކެވެ. މިއުސިކް ޕްރޮޑިއުސާރ މަޔޫރް ޖުމަނީ ހަދާފައިވާ ވީޑިއޯއަކީ ފިލްމު “ކަބީ ކުޝީ ކަބީ ގަމް” ގެ މަޝްޙުރު “ގާމްލާ” ސީން ބޭނުންކޮށްގެން ހަދާފއިވާ ވީޑިއޯއެކެވެ.

މި ވީޑިއޯ 10 ޖެނުއަރީގައި އިންސްޓާގުރާމުގައި އާންމުކޮށްފައިވާއިރު، ކާޖަލް އާއި ކަރަން ޖޯހަރު އަށް ސޮރީ އޭ ވެސް ބުނެފައިވެއެވެ. މި ވީޑިއޯގައި ފެށިގެންދަނީ ކާޖަލް ރައިޗެންދުންގެ ގެޔަށް އައިސް ނޭނގި އޭނާއަތުން ވާހެއް ތަޅައިގެންދާތަނުންނެވެ. އެއާއެކު ކާޖަލް ވަރަށް ބާރަށް ރޮއިގަނެއެވެ. މިތާގައި ކާޖަލްގެ ރުއިމުގެ އަޑު ވަނީ ލަވައެއްގެ ރާގަށް ބަދަލުކޮށްފައެވެ.

މި ވީޑިއޯއަށް 83700 ލައިކްސް ލިބިފައިވާއިރު އެތައްބަޔެއްގެ ކޮމެންޓުވެސް ވަނީ ލިބިފައެވެ. މި ވީޑިއޯ އާ ބެހޭގޮތުން ތިޔަބޭފުޅުންގެ ހިޔާލަކީ ކޮބައި ހެއްޔެވެ؟

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!