މޫނުގައި މުލިހި ނަގާނަމަ ގޭގައި ހުރެގެން ކުރެވިދާނެ ފަސޭހަ ފަރުވާއެއް، ބޮލީވުޑްގެ ޒުވާން އެކްޓްރެސް ޝްރައްދާ ކަޕޫރު ކިޔައިދީފިއެވެ.
މުނިފޫހިފިލުވުމުގެ ޚަބަރުތައް ގެނެސްދޭ އިންޑިއާގެ ނޫހަކަށް ދިން އިންޓަވިއުއެއްގައި ޝްރައްދާ ހިއްސާކޮށްފައިވާ “ބިއުޓީ ހެކް” އަކީ، މޫނުގައި ނަގާ މުލިހި ފަޅާލުމުގެ ބަދަލުގައި، އޭގައި ދަތްއުނގުޅާ ބޭސް ޖެހުމެވެ. އޭރުން މުލިހި ހިކިގެން ދާކަމަށާއި، އަދި މާ ގިނައިރުތަކެއްނުވެ އުފުލިފައި އިންނަ ތަންކޮޅު ތިރިވެގެންދާ ކަމަށް ޝްރައްދާ ބުންޏެވެ.
ޝްރައްދާ އެބުނާހެން ދަތްއުނގުޅާ ބޭސް، މުލިއްސާ ދެކޮޅަށް މަސައްކަތްކުރުމުގެ ފަހަތުގައިވަނީ ދަތްއުނގުޅާބޭހުގައި ހުންނަ ސިލިކާ ކިޔާ މާއްދާ ކަމަށް ތަޖުރިބާކާރުން ބުނެއެވެ.
މިއީ ބައެއް މީހުން މިހާރުވެސް ކުރާ ކަމެއް ކަމަށް ވެދާނެއެވެ. މިކަން ނުކުރާ މީހެއް ހުރިނަމަ، އަޖުމަ ބަލައިލަން ޝްރައްދާގެ މި ފަރުވާ ބޭނުންކުރުން ކިހިނެއްވާނެ ހެއްޔެވެ؟