ރުބީނާއަކީ އަހަރެންގެ އެކުވެރިއެއް ނޫން: ޖޭސްމިން

ކަލާޒް ޗެނަލްގެ “ބިގް ބޮސް 14” އިން އެންމެފަހުން ކެޓި ޖޭސްމިން ބަސީން، އޭނާގެ ދަތުރާ ބެހޭގޮތުން ވާހަކަދައްކައިފިއެވެ.

‘ޕިންކްވިލާ’ އަށް ދިން ޙާއްސަ އިންޓަވިއުގައި 30 އަހަރުގެ ޓީވީ އެކްޓްރެސް ވަނީ އޭނާއާއެކު “ބިގް ބޮސް 14” ގައި އުޅުނު ރުބީނާ ދިލެއިކްގެ އެކުވެރިކަމަށް ވެސް އަލިއަޅުވާލައިފައެވެ. އެގޮތުން ޝޯގެ ފުރަތަމަކޮޅު ވަރަށް އެކުވެރިކޮށް ފެނުނު މި ދެބައިވެރިން، ވަކި ހިސާބުން އެކަކު އަނެކަކާ މައްސަލަތަކެއްޖެހި، ޒުވާބުކުރުމަށްފަހު ކުރިން އޮތް އެކުވެރިކަމަށް އަލްވަދާއު ކިއީތަން ފެނިގެން ދިޔައެވެ. ނަމަވެސް މިދިޔަ އާދިއްތަ ދުވަހު ޖޭސްމިން ޝޯއިން ކެޓުމުން، ރުބީނާ ވަނީ ޖޭސްމިން އާ ޖެހުނު މައްސަލަަ ހައްލުކުރެވިފައި ނުވާތީ އެކަމާ ހިތާމަކޮށް ރޮއެފައެވެ. އެހެންނަމަވެސް ‘ޕިންކްވިލާ’ އާ ވާހަކަދައްކަމުން ޖޭސްމިން ބުނީ، ރުބީނާއަކީ އޭނާގެ އެކުވެރިއެއް ކަމަށް ނުދެކޭ ކަމަށާއި، އެދެމީހުންނަށް ދުވަހަކުވެސް އެކުވެރިންގެ ގޮތުގައި ނުތިބެވޭނެ ކަމަށެވެ.

“ރުބީނާއަކީ ފުރުސަތުގެ ބޭނުން ހިފައިގެން ކުރިއަށްދާ މީހެއް. ބިގް ބޮސްގެ ހަގީގީ މާސްޓަމައިންޑަކީ ރުބީނާ”، ޖޭސްމިން ރުބީނާ ސިފަކުރަމުން ކިޔައިދިނެވެ.

މީގެ އިތުރުން ޖޭސްމިން ބުނީ، މަސައްކަތުގެ މާހައުލުގައި ރުބީނާއާ ގުޅިގެން ވާހަކަދައްކައިގެން އުޅެވިދާނެ ކަމަށާއި، ނަމަވެސް ހަގީގީ ދިރިއުޅުމުގައި އެދެމީހުންގެ އެކުވެރިކަމެއް ނޯންނާނެ ކަމަށެވެ. “ރުބީނާއަކީ އަހަރެންގެ ދުޝްމަނެއް ނޫން، އެކަމަކު ރައްޓެއްސެކޭ ވެސް އަހަންނެއް ނުބުނާނަން”.

މިފަހަރު “ބިގް ބޮސް 14” ގައި އަލަށް ބައިވެރިވި އެންމެންގެ ތެރެއިން އެންމެ މަޝްހޫރު ދެ މޫނަކީ ރުބީނާއާއި ޖޭސްމިން ކަން ފާހަގަކޮށްލެވެއެވެ. އެގޮތުން މި ދެތަރިން ވަނީ މީގެކުރިން ކަލާޒްގެ ޑްރާމާ ސިލްސިލާތަކުގައި ލީޑު ރޯލު ކުޅެފައެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!