އަނުޝްކާއާއި ވިރާޓްގެ ދަރިފުޅުގެ ނަމަކީ އަންވީ؟

ބޮލީވުޑްގެ މަޝްހޫރު ބަތަލާ އަނުޝްކާ ޝަރްމާއާއި ކްރިކެޓް ކުޅުންތެރިޔާ ވިރާޓް ކޯލީގެ އަލަތު ދަރިފުޅު ހޯމަ ދުވަހު އުފަންވެފައި ވާއިރު، އެކުއްޖާއަށް އެދެމަފިރިން ދީފައިވާ ނަމަކީ “އަންވީ” ކަމަށް ބައެއް ރިޕޯޓުތައް ބުނެފިއެވެ.

އަންހެން ކުއްޖެއް ލިބުންކަން ވިރާޓް އިޢުލާނުކުރުމާއެކު، އެމީހުންގެ ފޭނުންނާއި މީޑިއާތަކުން އަންނަނީ އެކުއްޖާއަށް ކިޔާފައިވާ ނަން ހޯދުމަށް މަސައްކަތް ކުރަމުންނެވެ. އެހެނަސް އެދެމަފިރިން އަދި އެފަދަ މަޢުލޫމާތެއް ހިއްސާކޮށްފައެއް ނުވެއެވެ. ނަމަވެސް ‘ޕީޕިންގ މޫން’ ނޫހުން ރިޕޯޓުކޮށްފައިވާ ގޮތުގައި، އަނުޝްކާއާއި ވިރާޓު ވަނީ އެމީހުންގެ ދަރިފުޅަށް އަންވީގެ ނަން ދީފައެވެ. އެ ނަމަކީ އެދެމަފިރިންގެ ނަމުގެ ކުރީބައި ގުޅުވައިގެން ހަދާފައިވާ ނަމެކެވެ. ހަމައެހެންމެ، އަންވީ އަކީ ހިންދޫ މީހުން އަޅުކަންކުރާ ބުދަކަށް ކިޔާ ނަމެއް ކަމަށްވެސް ބުނެއެވެ.

ކޮންމެއަކަސް، އެ މައުލޫމާތުގެ ސައްހަކަން ޔަގީންވެފައި ނުވާއިރު،އަނުޝްކާއާއި ވިރާޓް މިހާތަނަށް އެމީހުންގެ ދަރިފުޅުގެ ފޮޓޯއެއްވެސް އާންމުކޮށްފައެއް ނުވެއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!