އިންޓަނެޓުގައި މިހާރު އާދަޔާ ހިލާފު ކާތަކެތީގެ ވީޑިއޯތައް އާންމުވެފައިވާއިރު، މިފަހަރު ފެނިގެންދިޔައީ ނޫކުލައިގެ އެނާޖީ ޑުރިންކެއް އަޅައިގެން “އޭލިއަން ޕާސްތާ” ކައްކަނިކޮށެވެ.
“އޭލިއަން ޕާސްތާ” ތައްޔާރުކުރާ ވީޑިއޯއަށް އެތަށްބައެއްގެ ފާޑުކިޔުންތައް ވަނީ ލިބިފައެވެ. ޖަސްޓިން ފްލޯ ކިޔާމީހަކު ފޭސްބުކްގައި ހިއްސާކޮށްފައިވާ ވީޑިއޯއަށް 12000 އަށް ވުރެ ގިނަމީހުން ވަނީ ކޮމެންޓުކޮށްފައެވެ. ގިނަ މީހުންނަށް މި ޕާސްތާވީ ފަކުރުގަތް އެއްޗެއްކަމުގައެވެ.
އެގޮތުން، ހޮޑުލެވިދާނެ ކަމަށާއި ތި ކައްކާ ގޮތަށް ޕާސްތާ ކައްކައިގެން ދުވަހަކުވެސް ނުކާނަންކަމަށާއި ތިއަކީ އޭލިއަނުން ކާއެއްޗިސްކަމުގައި ބުނެ ވަނީ ކޮމެންޓުކޮށްފައެވެ.
“އޭލިއަން ޕާސްޓާ” އާއި ބެހޭގޮތުން ތިޔަ ބޭފުޅުންގެ ހިޔާލަކީ ކޮބައި ހެއްޔެވެ؟ ނުވަތަ މި ޕާސްތާ ކާނަން ހެއްޔެވެ؟