ބޮލީވުޑުގެ މަޝްހޫރު ތަރި، އަނުޝްކާ ޝަރްމާ ވިހައިފިއެވެ.
ކްރިކެޓް ކުޅުންތެރިޔާ ވިރާޓް ކޯލީ އާއި ކައިވެނިކޮށްގެން އުޅޭ އަނުޝްކާ މިއަދުގެ ވަގުތެއްގައި ވިހާފައި ވަނީ އަންހެން ކުއްޖެކެވެ.
ވިރާޓް ޝެއާ ކުރި ޕޯސްޓެއްގައި ބުނީ އަނުޝްކާ އާއި ދަރިފުޅުގެ ހާލު ވެސް ރަނގަޅު ކަމަށާއި އަދި އެންމެންގެ ފަރާތުން ލިބޭ ލޯތްބާއި ހެޔޮ ދުޢާތަކަށް ޝުކުރު އަދާކުރާ ކަމަށެވެ.
މީގެއިތުރުން ވިރާޓް ވަނީ މިވަގުތު އެމީހުންގެ ޕްރައިވަސީއަށް އިހުތިރާމުކުރުމަށް ވެސް އެދިފަ އެވެ.
އަނުޝްކާއާއި ވިރާޓް ކައިވެނި ކޮށްފައިވަނީ 2017 ވަނަ އަހަރުގެ ޑިސެމްބަރު މަހުގައެެވެ. އަނުޝްކާ ބޮލީވުޑަށް ތައާރަފްވީ 2008ވަނަ އަހަރު ‘ރަބް ނޭ ބަނާ ދީ ޖޯޅީ’ އިންނެވެ. އެއިރުން ފެށިގެން އޭނާ ވަނީ ވަރުގަދަ ޕާފޯމަންސްތަކެއް ބެލުންތެރީންނާ ހަމައަށް ގެނެސްދީފައެވެ.