މިދިޔަމަހު ގަމަށް ރެކޯޑް އަދަދަކަށް ޖެޓުތައް ޖެއްސި

މިދިޔަ ޑިސެމްބަރުމަހުގެ ތެރޭގައި ރެކޯޑު އަދަދަކަށް ގަން އިންޓަނޭޝަނަލް އެއާޕޯޓަށް ޕްރައިވެޓް ޖެޓުތައް ޖައްސާފައިވާ ކަމަށް އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓު ކުންފުނިން ހަމަ ކޮށްފިއެވެ.

އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓުން ބުނީ މިދިޔަމަހު އެކަނިވެސް އެއާޕޯޓަށް 84 ޖެޓު ޖައްސާފައިވާކަމަށެވެ.

ގަން އިންޓަނޭޝަނަލް އެއާޕޯޓުން ޕީއެސްއެމްއާއި ހިއްސާ ކޮށްފައިވާ ތަފާސް ހިސާބުތަކަށް ބަލާއިރު، މިދިޔަ އަހަރު 115 ޖެޓު އެއާޕޯޓަށް ވަނީ ޖައްސާފައެވެ. އެގޮތުން އެންމެ ގިނަ އަދަދަކަށް ޖެޓުތަށް ޖައްސާފައިވަނީ ޑިސެމްބަރު މަހުއެވެ. އެމަހު 84 ޖެޓު އެއާޕޯޓަށް ޖެއްސި އިރު، ނޮވެމްބަރު މަހު ޖެއްސީ އެންމެ 4 ޖެޓެވެ. އަދި އޭގެ ކުރީން އޮކްޓޯބަރު މަހުގެ ނިޔަލަށް މިދިޔަ އަހަރު ޖައްސާފައިވަނީ އެންމެ 29 ޖެޓު ކަމަށް އެއާޕޯޓުން ބުނެއެވެ. މިއާއެކު އެއްމަސް ތެރޭ އެންމެ ގިނަ އަދަދަކަށް ގަމަށް ޖެޓުތައް ޖެއްސި މަހަކަށް ޑިސެމްބަރުމަސް ވެގެންދާނެކަމަށް އެއާޕޯޓުން ބުނެއެވެ. މިއީ މިހާތަނަށް އެއާޕޯޓުގެ ރެކޯޑު އަދަދެއް ކަމަށް އެއާޕޯޓުން ހާމަކުރެއެވެ. މީގެ އިތުރުން މިއަހަރު ޖެނުއަރީ މަހުގެ 2 ވަނަ ދުވަހު އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓުގައި އެއްވަގުތެއްގައި އެންމެ ގިނަ ޖެޓުތައް ޕާކު ކުރުމުގެ ރެކޯޑުވެސް މުގުރާލާފައިވާ ކަމަށް އެއާޕޯޓުން ވަނީ ހާމަކޮށްފައެވެ. އެގޮތުން މިމަހުގެ ދެވަނަ ދުވަހު ޖުމްލަ 46 ޖެޓު އެއާޕޯޓުގައި އެއްވަގުތަކާއި ޕާކު ކުރެވުނެވެ.

އެއާޕޯޓުގެ ތަފާސްހިސާބުތަކަށް ބަލާއިރު، މިދިޔަ އަހަރު އެއާޕޯޓަށް ޖައްސާފައިވަނީ 99 ޖެޓެވެ.

ގަން އިންޓަނޭޝަނަލް އެއާޕޯޓު ހިންގަމުންދާ އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓު (އޭއައިއޭ) މެނޭޖިންގ ޑިރެކްޓަރު ޤައިސް ނަސީރު ވިދާޅުވީ، މިއަހަރު ފަހު ކުއާޓަރއަށް ކުންފުނިން ލަފާ ކުރީ ވަރަށް ބޮޑަށް ގެއްލުން ވާނެ ކަމަށެވެ. ނަމަވެސް ޖެޓު އޭޖެންސީތަކާއި އެކު ކުރެވުނު މަޝްވަރާތަކާއި އަދި ކުރެވުނު މަސައްކަތުން އުއްމީދު ކުރިވަރަށް ވުރެ ރަނގަޅު ނަތީޖާއެއް ހޯދައި ރެކޯޑު އަދަދަކަށް ޖެޓުތައް ގެނެވިފައިވާ ކަމަށް އޭނާ ބުންޏެވެ.

ޤައިސް ވިދާޅުވީ، މިއާއެކު މިއަހަރު ކުންފުނީގެ އަމާޒު ހުރީ ބައިނަލްއަޤްވާމީ ދަތުތުފަތުރު ފެށި، އައްޑޫގެ ރިސޯޓުތައް ހުޅުވުމާއެކު ފަތުރުވެރިން އަންނަ މިންވަރު އިތުރުވެ، އިތުރު ފްލައިޓުތައް ފެށުމަށް ކަމަށެވެ. އަދި މިއަމާޒަށް ވާސިލުވުމަށް ވުމަށް މިހާރު މަސައްކަތް ކުރަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!