ޖެކްލިން ކުޑައިރުގެ ފޮޓޯއެއް ފެނި އެންމެން އަންތަރީސް ކޮށްލައިފި!

ބޮލީވުޑްގެ މަޝްހޫރު އެކްޓްރެސް ޖެކްލިން ފެނަންޑެޒްގެ ކުޑައިރުގެ ފޮޓޯއެއް ހިއްސާކުރުމާއެކު ބޮޑު ސަމާލުކަމެއް ލިބިއްޖެއެވެ.

މީގެ ދެދުވަސް ކުރިން 35 އަހަރުގެ ބަތަލާ އޭނާގެ އިންސްޓަގްރާމްގައި ހިއްސާކުރި ފޮޓޯއަކީ، ބެލެވޭ ގޮތުގައި ކޮންމެވެސް ލިޔެކިޔުމެއްގެ ފޮޓޯއެކެވެ. އަދި އެ ފޮޓޯގައި އޭނާގެ އުމުރުން ވާނީ 9 ވަރަކަށް އަހަރު ކަމަށް ލަފާކުރެވެއެވެ. ޖެކްލިން އޭރު ހުރި ގޮތާއި މިހާރާ ތަފާތެއް ނެތް ކަމަށް ގިނަ ބަޔަކު ވަނީ ބުނެފައެވެ.

މި ފޮޓޯއަށް މިހާރު 2 މިލިއަނަށްވުރެ ގިނަ ލައިކު ލިބިފައިވެއެވެ. އަދި ކޮމެންޓު ކުރި މީހުންގެ ތެރޭގައި އުރްވަޝީ ރައުޓެލާ، ޝިލްޕާ ޝެޓީ، ޕްރިތީ ޒިންތާ އަދި ޔަމީ ގޯތަމް ފަދަ ތަރިން ވެސް ހިމެނެއެވެ. އެ އެންމެން ފާހަގަކޮށްފައިވަނީ، ޖެކްލިންގެ މޫނުމަތީގައިވާ މައުސޫމު ކަމާއި، ލޯބި ހިނިތުންވުމެވެ. އަދި މިހާރުވެސް ޖެކްލިން ހުރީ ހަމަ އެގޮތަށް ކަމަށް ބުނެފައިވެއެވެ.

ޖެކްލިން ފެނަންޑެޒް ބޮލީވުޑަށް ތަޢާރަފްވީ 2009 ވަނަ އަހަރު “އަލާދިން” ފިލްމުންނެވެ. އޭގެފަހުން ގިނަ ފިލްމުތަކެއްގައި އޭނާ ވަނީ މަސައްކތް ކޮށްފައެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!