ކޭޖީއެފް ޗެޕްޓާ 2 ގެ ޓީޒާ ދައްކާލައިފި

މަޝްހޫރު  ކަންނާޑާ ފިލްމު “ކޭޖީއެފް: ޗެޕްޓާ 2” ގެ ޓީޒާއެއް ދައްކާލައިފިއެވެ.

ނަމަވެސް ބޮލީވުޑްގެ ތަރިން ކަމަށްވާ ސަންޖޭ ދަތާއި ރަވީނާ ޓަންޑަން ވެސް މުހިއްމު ރޯލުތަކެއް ކުޅެފައިވާ މި ފިލްމު ރިލީޒްކުރާނެ ތާރީހެއް އަދިވެސް އިއުލާނެއް ނުކުރެއެވެ. މި ފިލްމުގައި ރަވީނާ ކުޅެފައި ވަނީ ބޮޑުވަޒީރެއްގެ ރޯލެވެ. އަދި ސަންޖޭ ފެންނާނީ ވަރަށް ތަފާތު ގޮތަކަށް ފިލްމުގެ ވިލަންގެ ރޯލުންނެވެ.

“ކޭޖީއެފް: ޗެޕްޓާ 2” އަކީ 2018 ގައި ގެނެސްދިން “ކޭޖީއެފް: ޗެފްޓާ 1” ގެ ދެވަނަ ބައެވެ. ދެކުނު ފިލްމު އިންޑަސްޓްރީގެ މަޝްހޫރު އެކްޓަރު ޔާޝް ލީޑް ރޯލް ކުޅެފައިވާ ފިލްމުގެ އިތުރު ކާސްޓުންގެ ތެރޭގައި ޕްރަކާޝް ރާޖާއި ސްރިނިދީ ޝެޓީ ހިމެނެއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!