މީރާއަށް މި އަގުބޮޑު ފަށް ދިނީ ޝާހިދެއް ނޫން، އެހެން މީހެއް!

ބޮލީވުޑް އެކްޓަރު ޝާހިދު ކަޕޫރާއި އޭނާ އަންހެނުން މީރާ ރާޖްޕުތުގެ ދިރިއުޅުމަކީ ގިނަ ބަޔަކު މީސްމިީޑިއާގައި ފޮލޯކުރަމުން އަންނަ ކަމެކެވެ. މީރާ އަންނަނީ ޝާހިދާއި ދެމީހުންގެ ލޯބީގެ ވާހަކަތައް އެކި ފަހަރުމަތިން ފޭނުންނާ ހިއްސާކުރަމުންނެވެ. އެގޮތުން މިފަހުން މީރާ އިންސްޓަގްރާމްގައި ހިއްސާކުރި ސެލްފީއެއްގައި ކަރުގައި އަޅާފައި ހުރި ތަފާތު ފަށެއް ފެނި، އެއީ ޝާހިދު އޭނާއަށް ދިން ހަދިޔާއެއްތޯ އެނގެން ގިނަ ބަޔަކު ތިބީ ބޭނުންވެފައެވެ.

އެއާއެކު މީރާ ވަނީ އިއްޔެ އިންސްޓަގްރާމް ސްޓޯރީގެ އެ ސުވާލުގެ ޖަވާބު ދީފައެވެ. މަޝްހޫރު އެމެރިކަން ސިޓްކޮމް “ޝިޓްސް ކްރީކް” ގައި އުޅޭ އެލެކްސިސް އަޅާކަހަލަ އެ ފަށަކީ ޝާހިދު ދިން އެއްޗެއް ނޫން ކަން މީރާގެ ވާހަކައިން އެނގެއެވެ. މީރާ ބުނަނީ އެއީ އޭނާގެ ދައްތަ މީގެ ދެ އަހަރު ކުރިން ދިން ހަދިޔާއެއް ކަމަށެވެ. އަދި އެކަހަލަ ފަށެއް ބޭނުންވާނަމަ ދައްތައަށް ޑީއެމް ކުރުމަށް ބުނެފައިވެއެވެ.

ދާދިފަހުން، މީރާ އިނީ ތިންވަނަ ދަރިފުޅަށް ބަލިވެ ކަމަށްބުނެ މީސްމީޑިއާގައި ގަދަޔަށް އަޑު ފެތުރުނެވެ. ނަމަވެސް މީރާ ވަނީ އިންސްޓަގްރާމް މެދުވެރިކޮށް އެކަން ދޮގުކޮށްފައެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!