ޤުބޫލް ހޭ 2.0 ގެ ޕޯސްޓަރު ދައްކާލައިފި

ޒީ5 އިން ގެނެސްދޭން ތައްޔާރުވަމުން އަންނަ “ޤުބޫލް ހޭ 2.0” ގެ ފުރަތަމަ ލުކް ދައްކައިލުމާއެކު ފޭނުންގެ ތަރުހީބު ލިބިއްޖެއެވެ.

ޒީޓީވީ އިން މީގެކުރިން ގެނެސްދިން “ޤުބޫލް ހޭ” އަކީ ވަރަށް ގިނަ ބައެއްގެ ތަރުހީބު ލިބުނުޑްރާމާ ސިލްސިލާއެކެވެ. އަދި އެ ސިލްސިލާގެ ލީޑު ދެތަރިން ކަމަށްވާ ޒޯޔާ (ސުރްބީ ޖިޔޯތީ) އާއި އަސަދް (ކަރަން ސިންގް ގްރޯވާ) ގެ ކެމިސްޓްރީއަށް އެތައް ބައެއްގެ ލޯބި ވަނީ ލިބިފައެވެ. ނަމަވެސް ފަހުން ކަރަން ވަނީ އެ ޝޯއާ ވަކިވެފައެވެ. އެއަށްފަހު އަސަދްގެ ރޯލު އަދާކުރީ އެކްޓަރު ރާކޭޝް ވަޝިޝްޓް އެވެ.

މިހާރު ޒީގެ އޯޓީޓީ ޕްލެޓްފޯމުން ވެބް ސީރީޒެއްގެ ގޮތުގައި ގެނެސްދޭން އުޅޭ “ޤުބޫލް ހޭ 2.0” ގައި ފެންނާނީ އޮރިޖިނަލް ދެ އެކްޓަރުންނެވެ. އެހެންކަމުން މިއީ ސުރްބީ ޖިޔޯތީ އާއި ކަރަން ސިންގް ގްރޯވާ އަލުން އެކުގައި ފެންނާނެ ސީރީޒެކެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!