ނޯރާ ބޭނުންވަނީ ތައިމޫރާ އިންނަން!

ބޮލީވުޑްގެ މަޝްހޫރު ދެތަރިން ކަމަށްވާ ކަރީނާ ކަޕޫރާއި ސައިފް އަލީ ޚާންގެ ދަރިފުޅު ތައިމޫރު އަލީ ޚާން ޕަތައުޑީ އާ އިންނަން ބޭނުންވާކަން މަޝްހޫރު ނެށުންތެރިޔާ ނޯރާ ފަތޭހީ ހާމަކޮށްފިއެވެ.

ނޯރާ އެހެން ބުނެފައިވަނީ ކަރީނާގެ ޗެޓް ޝޯގައި ވާހަކަދައްކަމުންނެވެ. އެގޮތުން ނޯރާގެ ނެށުން ކަރީނާއަށާއި ސައިފް އަށް ވަރަށް ކަމުދާ ކަމަށް ކަރީނާ ބުނުމުން، އެކަމަށް ޝުކުރުއަދާކުރަމުން 28 އަހަރުގެ ނެށުންތެރިޔާ ބުނީ ތައިމޫރު ބޮޑުވުމުން އޭނާއާ ކައިވެނިކުރަން ތައްޔާރުވާނެ ކަމަށެވެ. ނޯރާ މިހެން ބުނުމުން ކަރީނާއަށް ވަނީ ހައިރާންކަން ލިބިފައެވެ. ނަމަވެސް އެ ސަމާސާގައި ބައިވެރިވަމުން ކަރީނާ ބުނީ ތައިމޫރަށް އަދި އެންމެ 4 އަހަރު ކަމަށާއި، އެކަން ވާން ވަރަށް ދުވަސް އެބައޮތް ކަމަށެވެ.

ކަރީނާ، 40، މިހާރު އިނީ ދެވަނަ ދަރިފުޅަށް ބަލިވެއެވެ. އަދި މި އަހަރު ކުރީކޮޅު އޭނާ ވިހާނެ ކަމަށް ބެލެވެއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!