ބާގާ ކިންގް ރީބްރޭންޑްކޮށްފި

20 އަހަރަށްފަހު ބާގާ ކިންގް ރިބްރޭންޑްކޮށްފިއެވެ.

ބާގާ ކިންގްއިން ވަނީ އެކުންފުނީގެ ލޯގޯއަށާއި، ފުޑް ޕެކިން އަދި ކައެއްޗެހީގެ މެނޫއަށް ބަދަލުތަކެއް ގެނެސްފައެވެ.

ބާގާ ކިންގްގެ ރިބްރޭންޑިންއާ ގުޅޭގޮތުން ވާހަކަދައްކަވަމުން އެ ކުންފުނީގެ ގްލޯބަލް ޗީފް މާކެޓިންގ އޮފިސަރ އޮފް ރެސްޓޯރެންޓް ބްރޭންޑްސް އިންޓަނޭޝަނަލް ފެނާންޑޯ މަޗާޑޯ ވަނީ އައު ބަދަލާއެކު ބާގާ ކިންގް އުފެއްދުންތަކުގެ ކޮލިޓީ ވަރަށް ރަނގަޅުވެގެންދާނެކަމަށް ވިދާޅުވެފައެވެ.

މިހާރުގެ ސިއްޙީ ހާލަތައް ބަލާ ބާގާ ކިންގްގެ ހުރިހާ އުފެއްދުމެއް ދެން ސަރވްކުރާނީ ރެޕިންއާއެކު ކަމަށް ފެނާންޑޯ މަޗާޑޯ ވިދާޅުވިއެވެ. މީގެ ކުރިން މިގޮތަށް ސަރވްކުރީ ބާގާ ކިންގްގެ ބާގާ އެކަންޏެވެ. މީގެ އިތުރުން ޒަމާނަށް އަންނަ ބަދަލަށް ބަލާ ބާގާ ކިންގްގެ މެނޫއަށްވެސް ވަނީ ބަދަލުގެނެސްފައެވެ. އެގޮތުން ޕްލާންޓް ބޭސްޑް މީޓް އަލްޓަނޭޓިވް ލައިން ނުވަތަ ގަސްގަހާގެހީގެ އެކި ބައިތައް ހިމަނައިގެން ބާގާގެ މަސްގަނޑު ތައްޔާރުކުރާ ޕްލާންޓްއެއް ޤާއިމުކޮށް ޚިދުމަތް ދިނުމަށް ވަނީ ތައްޔާރުވެފައެވެ.

ބާގާ ކިންގް ރިބްރޭންޑް ކުރުމާއި ގުޅިގެން ޔުނިފޯމް ބަދަލުވެފައި

އެންމެ ޒަމާނީ ޓެކްނޮލޮޖީއާއި މިހާރުގެ ޓްރެންޑަށް ބެލުމަށްފަހު ބާގާ ކިންގުން ނިންމި މި ނިންމުމުގެ ސަބަބުން ޖަނަވާރުގެ މަހުން އުފައްދާ މީޓްގެ ބަދަލުގައި، ވެރައިޓީތައް އިތުރުވެ ތިމާވެއްޓަށްކުރާ ގެއްލުން ކުޑަވާނެކަމަށް އެ ކުންފުނިން ހާމަކުރެއެވެ. މީގެ އިތުރުން ބާގާ ކިންގްގެ އުފެއްދުންތަކުގައި ޕްރިޒަވޭޓިވްސް ބޭނުން ނުކުރުމަށް މިހާރު ވަނީ ނިންމާފައެވެ.

ބާގާ ކިންގް ގެ ކުރީގެ އަދި މިހާރުގެ ލޯގޯ

ބާގާ ކިންގްގެ ލޯގޯއަށްވެސް ވަނީ ބޮޑެތި ބަދަލުތަކެއް ގެނެސްފައެވެ. 

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!