އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރ ލަންކާގެ ރައީސްއާ ބައްދަލުކުރައްވައިފި

އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރ ސުބްރަމާނިޔަމް ޖަޔަޝަންކަރު ސްރީ ލަންކާގެ ރައީސް ގޮޓަބަޔާ ރާޖަޕަކަސާ އާއި ބައްދަލުކޮށް ދެގައުމުގެ ގުޅުން ބަދަހި ކުރުމަށް ކުރެވެން ހުރި ކަންކަމާއި މަޝްވަރާ ކޮށްފިއެވެ.

މި މަޝްވަރާ ބައްދަލުވުންތަކަށްފަހު ލަންކާގެ ރައީސް ގޮޓަބަޔާ ރާޖަޕަކްސާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރ ސުބްރަމާނިޔަމް ޖަޔަޝަންކަރު ބައްދަލުކުރެއްވި ކަމަށާއި، މި ބައްދަލުކުރެއްވުމުގައި ދެގައުމުގެ ގުޅުން އިތުރަށް ވަރުގަދަ ކުރުމަށް ކުރެވެން ހުރި ކަންކަމާއި މެދު ވަނީ މަޝްވަރާ ކުރައްވާފައި ކަމަށެވެ. އަދި އިންޑިއާ ސަރުކާރުގެ ފަރާތުން ކޮވިޑްގެ ހާލަތުގައި ވެދިން އެހީއަށް ގޮޓަބަޔާ ރާޖަޕަކްސާ ވަނީ ޝުކުރުއަދާ ކުރައްވާފައެވެ.

ޖަޔަޝަންކަރު ސްރީލަންކާއަށް ކުރައްވާ ތިން ދުވަހުގެ ދަތުރުފުޅުގައި ލަންކާގެ ރައީސް ގޮޓަބަޔާގެ އިތުރުން ބޮޑު ވަޒީރު މަހިންދަ ރާޖަޕަކްސަ އާއި ވެސް ބައްދަލުކުރުމަށް ވަނީ ނިންމާފައެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!