ހަގީގީ ހާދިސާ: ބޭވަފާތެރި ލޯބިވެރިޔާ ހިފީ ރެޑްހޭންޑް ކޮށް!

އަހަރެން ނަކީ އުމުރުން 25 އަހަރުގެ މީހަކީމެވެ. މިހާރު ރައްޓެހިވެގެން އުޅޭ ކުއްޖާ އޭނާގެ ކުރީގެ ލޯބިވެރިޔާ ބޭއްވި ނިއު އިޔާގެ ޕާޓީއަކަށް އޭނާގެ ރައްޓެހިންނާއެކުދިޔައެވެ. އޭނާގެ ކުރީގެ ލޯބިވެރިޔާއަކީ ވަރަށް ގާތް ދެ ރަޙުމަތްތެރިންނަށް ވުމުން އަހަރެން އެކަމާ އެހާ އަޅައެއްނުލަމެވެ.

އަހަރުމެން ދެމީހުންގެ ލޯބީގެ ގުޅުން ދިޔައީ ރަނގަޅަށެވެ. ނަމަވެސް އެ ޕާޓީގެ އެރޭގައި އަހަރެންގެ ލޯބިވެރިޔާ އޭނާގެ ކުރީގެ ލޯބިވެރިޔާ (އެކްސް) އާއި ދެމެދު ނުހިގަންޖެހޭ ކަހަލަ ގުޅުމެއް ހިނގީއެވެ. އެކަން އެ ފިރިހެންކުއްޖާ މިހާރު ރައްޓެހިވެގެން އުޅޭ ކުއްޖާއަށް ފަޅާއެރީއެވެ. އެހެން ގޮތަކަށް ބުނަނީ ރެޑް ހޭންޑްކޮށް ހިފީއެވެ. މިހުރިހާ ވާހަކައެއް އޭނާ އަހަރެންގެ ކައިރީގައި ތެދަށް ވަނީ ކިޔައިދީފައެވެ.

އޭނާ އަހަރެންނަށް އެހާ ބޮޑު ދެރައެއް ދިން ނަމަވެސް އަދިވެސް އަހަރެން އޭނާ ދެކެ ވަރަށް ލޯބިވެއެވެ. އޭނާ އަހަރެންކައިރީގައި އާދޭސްކުރަމުން ދިޔައެވެ. ދެވަނަ ފުރުސަތަކަށެވެ. އަހަރެންދެކެ އޭ ލޯބިވަނީ ބުނެ އަހަރެންނަށްޓަކައި އެކްސްއާއި ދުވަހަކުވެސް ވާހަކަ ނުދައްކާނެކަމަށް ބުންޏެވެ. ނަމަވެސް އެގޮތަށް އޭނާ ކަންތައްކުރީ ކީއްވެ ކަމެއް ނުބުނެވުނެވެ. ޖަވާބުގައި ބުނާހާވެސް އެއްޗަކީ އެއީ އޭނާއަށް ހެދުނު ގޯހެއްކަމަށެވެ.

އޭނާ ކުރީގެ ލޯބިވެރިޔާއާއި ވާހަކަ ނުދައްކާނަމޭ ބުންޏަސް އަހަރެންނަށް ޤަބޫލެއް ނުކުރެވެއެވެ. އެދެމީހުން މަސައްކަތްކުރަނީ އެއްތާކުއެވެ. އެހެންކަމުން ބޭނުންނުވިޔަސް ފެންނާނެއެވެ. ވާހަކަވެސް ދެއްކޭނެއެވެ. އެކަމަކު އަހަރެން ހީކުރީ އޭނާ އަހަރެންނާއި އެކު އުޅެން ބޭނުންނަމަ ކުރީގެ ލޯބިވެރިޔާއާއި ތަންކޮޅެއް ދުރުމިން ބަހައްޓާނެކަމުގައެވެ. އޭނާ ބުނާ ގޮތުގައި އެއީ ހަމަ ރަހުމަތްތެރިއެކެވެ.

އަހަރެން އޭނާއަށް މާފުކޮށް ވީ ހުރިހާކަމެއް ހަނދާން ނައްތާލަން ބޭނުމެވެ. ސަބަބަކީ އެކަމެއް ހިނގައި ދިޔަފަހުން އަހަރެން އޭނާއާއި ވާހަކަ ދައްކާ ނަމަ އެދެނީ މާފުކޮށްދިނުމަށާއި މީގެ ފަހުން އެހެން ނުވާނެކަމަށެވެ. އަހަރެން އަލުން އޭނާއަށް އިތުބާރުކުރަން ބޭނުމެވެ. އެކަމަކުވެސް އޭނާއަށް މާފުކުރުމުން އަހަރެންވާނީ މޮޔައަކަށޭވެސް ހިތަށްއަރައެވެ.

އަހަރެން މިހުރީ ހަދާނެ ގޮތެއް ނޭގި ހަތަރު އަނގޮޅި ކަންމައެއްޗެއްގައިއެވެ. މި ކަމުގައި އަހަރެން ނަށް ތިޔަ ކިޔުން ތެރިންގެ އެހީއެއް ފޯރުކޮށްދީ ބަލާށެވެ. އަހަރެން ހަދަންވީ ކިހިނެއް ހެއްޔެވެ.!!

 1. އަންހެނުންނާ ފިރިހެނުންނާ ދެމެދު ރަހުމަތް ތެރި ކަމެއް ބޭއްވި ދާނެ މަހުރަމަކާއެކު.
  އަވަހައް ތިމަޅިން ސަލާމަތްވެ ﷲތައާލާ ދެކެބިރުވެތިވާ ކުއްޖަކު ހޯދާ އޭރުން ތިކަހަލަ އެއްވެސް ބޮލުގަރިހުމެއް ނާންނާނެ ވަރައް އުފާވެރި ހަޔާތެއް ލިބޭނެ.

  ބުނެބަލަ ގޭގަ ފޮރެއް ނެތިއްޔާ ވާނީ ކިހިނެއް

  0
  0
 2. މާފު ކުރާށެ!! އެހެން ނަމަވެސް ދެވަނަ ފުރުސަތެއް ނުދެއްޗެވެ!! ތިޔަ ފަދަ ކަމަކާ މަ ފަކީރު ދިރިއުޅުން ފުނޑިގެން ހިނގައްޖެ!! އެފަދަ މޮޔަ ކަމެއް ނުކުރާށެ!! އެއީ ހަޔާތުގައި ހެދޭނެ އެއްމެ ބޮޑު އެއް މިސްޓޭކް ކަމުގައި ވެދާނެ!! ތެދެކެވ! އެއްފުޅަށް މަތިން ފުއްމާލި ބަކަރި ހަތް ފުޅައްމަަތިންވެސް ފުއްމާލާނެކަން ޔަޤީނެވެ!!

  6
  0
 3. ﷲ އަށްޓަކައި މާފު ކުރާށެވެ. ނަމަވެސް އިތުބާރު ނުކުރައްޗެވެ. ވެދިޔަ ކަންތަކުން ޢިބުރަތް ޙާޞިލްކޮށް، ދެވަނަ ފުރުޞަތެއް ނުދީ ދިރިއުޅުމާއިގެން ކުރިއަށް ދެވޭތޯ މަސައްކަތް ކުރާށެވެ.

  8
  1
 4. ޑޯންޓް ޓްރަސްޓް އެނީމޯ.. ހީކޮށްލާ މާތް ﷲ ތިބާގެ ހަޔާތުން ނުރަނގަޅު މީހެއްގެ ކިބައިން މިންޖު ކުރެއްވުމުގެ ގޮތުން ދެއްކެވި ދުވަހެއް ކަމަށް. ރަޙްމަތްތެރިކަން އޮތް ނަމަ ގޯހެއް ނުހަދާނެ. ރައްޓެހިކަން ބާއްވަނީވެސް އެކަހަލަ ކަންކަމަށް މަގު ފަހި ކުރަން. އިތުބާރު ގެއްލިއްޖެނަމަ، އަލުން އިތުބާރު ކުރުމުގެ ބޭނުމެއް ނެތް. ބެޓާ ޓު އެންޑް ޔުއަރ ރިލޭޝަން އެންޑް މޫވް އޮން.

  8
  0
 5. އެއް ފުޅަން މަތިން ފުއްމައަލާ ބަކަރި އެނެއް ފުޅަން މަތިން ވެސް ފުއްމައަލާނެ އޭ ބުނާތީ އަހަން 🤒

  7
  0
 6. މިވެސް ދެން ޚަބަރެއްދޯ؟ އަޖައިބުވެ އަންތަރީސް ވެއްޖައިން!!

  1
  0

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!