އިންޑިއާގައި ދޫނި ރޯގާ ފެތުރެނީ

އިންޑިއާގެ އެކި ސަރަހައްދުތަކުގައި ގެންގުޅޭ ދޫނިތަކުން އޭވިއަން އިންފްލުއެންޒާ ނުވަތަ ދޫނި ރޯގާ ފެނުމުން އެތަކެތި ނައްތާލުމުގެ މަސައްކަތް ފަށައިފި އެވެ.

އިންޑިއާގެ މިނިސްޓްރީ އޮފް ފޮޝަރީޒް، އެނިމަލް ހަޒްބެންޑްރީ އެންޑް ޑެއިރީން އިން އިއްޔެ ވަނީ ދޫނި ރޯގާ ފެނުމުން ސްޓޭޓުތަކުން ފިޔަވަޅު އެޅުމަށް އަންގާ އެލާޓެއް ނެރިފަ އެވެ.

ދެކުނު ކެރަލާ ސްޓޭޓުގައި 38،000 އަށް ވުރެ ގިނަ ދޫނި ނައްތާލަން ނިންމާފައި ވާއިރު، މިހާތަނަށް 17،000 ދޫނި ވަނީ މަރާލާފަ އެވެ. އެތަނުގެ ބައެއް ޑިސްޓްރިކްޓުތަކުގައި ދޫނީގެ ބިސް ވެސް ނައްތާލާފައި ވެއެވެ.

ދެކުނު ހިމާޗަލް ޕްރަދޭޝްގައި މިހާތަނަށް ބަލި ޖެހިގެން 3،000 އަށް ވުރެ ގިނަ ދޫނި މަރުވެފައި ވެއެވެ.

އޭވިއަން އިންފްލުއެންޒާ ނުވަތަ ދޫނި ރޯގާގެ އަސަރު އާއްމު ގޮތެއްގައި ކުރަނީ ހަމައެކަނި ދޫންޏަށެވެ. މި ރޯގާގެ އެކި ސްޓްރެއިންތައް އުޅޭއިރު އެންމެ އާއްމު އަދި އެންމެ ނުރައްކާތެރި ވައިރަހަކީ އިންފްލުއެންޒާ އޭ ނުވަތަ އެޗް5އެން1 އެވެ.

އިންޑިއާގައި އާއްމުކޮށް ދޫނި ރޯގާ ފެތުރެނީ ހިޖުރަކުރާ ދޫނީގެ ސަބަބުން ފިނި މޫސުމާ ދިމާކޮށެވެ. 

މި ބަލި އިންސާނުންނަށް ފޯރަނީ ބަލިޖެހިފައިވާ ދޫނިތަކާ ކޮންޓެކްޓުވެ ނުވަތަ ވައިރަސް ހުރި ތަނެއްގައި އަތްލެވުން ފަދަ ކަމެއް ހިނގައިގެންނެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!