އެމާ ސްޓޯން އިނީ ބަލިވެ

އޮސްކާ އެވޯޑް ހާސިލުކޮށްފައިވާ ހޮލީވުޑްގެ ބަތަލާ އެމާ ސްޓޯން އިނީ އަލަތު ދަރިފުޅަށް ބަލިވެ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.

މިދިޔަ އަހަރުގެ ކުރީކޮޅު ލޯބިވެރިޔާ ޑޭވް މެކޭރީއާ ކައިވެނިކުރި ބަތަލާ ބަލިވެއިނުމާ ބެހޭ ގޮތުން މިހާތަނަށް އެއްވެސް ވާހަކައެއް ނުދެއްކި ނަމަވެސް އޭނާގެ ބަލިވެއިންކަން ކަށަވަރުވާ ފޮޓޯތަކެއް ގިނަ މީޑިއާތަކުން ވަނީ ދާދިފަހުން އާންމުކޮށްފައެވެ.

އެ ފޮޓޯތަކުގައި ފެންނަނީ ކަޅު ކުލައިގެ ޓޮޕެއް ލައިގެން ހުރި 32 އަހަރުގެ ބަތަލާ ތޮތްޕަކާއި މާސްކެއް އަޅައިގެން ރައްޓެއްސަކާ އެކު ލޮސް އެންޖެލިސްގެ މަގެއްގައި ހިނގާފައި ދަނިކޮށެވެ. ފޮޓޯތަަކުން ފެންނަ ގޮތުގައި އެމާގެ ބަނޑަށްހަތަރެއް ނޫނީ ފަސް މަސް ވެދާނެއެވެ.

އެމާގެ އެންމެ ފަހުގެ ފިލްމަކީ 2019 ގެ “ޒޮމްބީލޭންޑް: ޑަބަލް ޓެޕް” އެވެ. އަދި އޭނާގެ ކުރިއަށް އޮތް ފިލްމަކީ މި އަހަރު ރިލީޒްކުރާނެ ޑިޒްނީގެ ކްރައިމް ކޮމެޑީ “ކުރްއެލާ” އެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!