އަނުޝްކާއާއި ވިރާޓްގެ ޕްރައިވެޓް ފޮޓޯއެއް އާންމުކުރުމުން ހިތްހަމަނުޖެހިއްޖެ

ބޮލީވުޑް އެކްޓްރެސް އަނުޝްކާ ޝަރުމާއާއި އޭނާގެ ފިރިމީހާ ކްރިކެޓް ކުޅުންތެރިޔާ ވިރާޓް ކޯލީ އެމީހުން ދިރިއުޅޭ އެޕާޓްމެންޓްގެ ބެލްކަނީގައި ޕްރައިވެޓް ވަގުތުކޮޅެއް ހޭދަކުރަން ތިއްބައި، މީޑިއާގެ ބަޔަކު އެމީހުންގެ ފޮޓޯ ނަގައި ހުއްދަނެތި އާންމުކުރުމުން އަނުޝްކާ ހިތްހަމަނުޖެހުން ފާޅުކޮށްފިއެވެ.

އަނުޝްކާގެ އިންސްޓަގްރާމް ސްޓޯރީގައި އެ ފޮޓޯގެ ސްކްރީންޝޯޓަކާއެކު ލިޔެފައިވާ ގޮތުގައި، އަނުޝްކާގެ ދެމަފިރިން ވަނީ އެ ފޮޓޯނެގި މީހާއާއި، އެ މީޑިއާއަށް ވެސް އެ ފޮޓޯ އާންމުނުކުރުމަށް އަންގައިފައެވެ. ނަމަވެސް އެހެން ބުނެފައި އޮއްވައި ވެސް އެމީހުން ވަނީ އެދެމަފިރިންގެ ޕްރައިވެސީއަށް އަރައިގަނެފައި ކަމަށް އަނުޝްކާ ބުންޏެވެ. އެއާއެކު އޭނާ ވަނީ އެފަދަ ކަންކަން ކުރުން ހުއްޓާލުމަށް ގޮވާލާފައެވެ.

31 އަހަރުގެ ބަތަލާ އިނީ ވިރާޓްގެ ދަރިއަކަށް ބަލިވެއެވެ. އަދި މި ދެމަފިިރިންނަކީ މީސްމީޑިއާގައި ބޮޑު ފޭން ފޮލޮވިންގެއް އޮންނަ ޖޯޑެއްކަން ފާހަގަކޮށްލެވެއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!