މި އަހަރުގެ ފުރަތަމަ 5 ދުވަހު ރާއްޖެއަށް 15،678 ފަތުރުވެރިން ޒިޔާރާތްކޮށްފިއެވެ.
މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާގޮތުން މިހާތަނަށް މި އަހަރުގައި އެންމެ ގިނަ ފަތުރުވެރިން ޒިޔާރާތްކޮށްފައިވަނީ މިމަހުގެ 3 ވަނަ ދުވަހުއެެވެ. އެދުވަހުގައި 4195 ފަތުރުވެރިން ރާއްޖެ ޒިޔާރާތްކޮށްފައިވެއެވެ.
އެގޮތުން މިހާތަނަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރާތްކޮށްފައިވަނީ ރަޝިއާއިންނެވެ. އެގައުމުން 4940 ފަތުރުވެރިން ޒިޔާރާތްކުރިއިރު، ދެވަނައަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރާތްކުރި އިންޑިއާއިން 1395 ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެެވެ.
ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާގޮތުން މިދިޔަ އަހަރު ރާއްޖެ ޒިޔާރާތްކޮށްފައިވަނީ 555،399 ފަތުރުވެރިންނެވެ.