ވަރަށް ގިނައިން ރާއްޖެއަށް ޗުއްޓީ ހޭދަކުރަން އައިސް އުޅޭ އިންޑިއާގެ ޒުވާން އެކްޓަރު ވަރުން ދަވަން ރާއްޖޭގެ ރިސޯޓެއްގައި ނަގާފައިވާ ފޮޓޯއެއް އިންސްޓަގްރާމްގައި ހިއްސާކުރުމުން އަންހެން ކުދިންގެ ތަޢުރީފު ލިބިއްޖެއެވެ.
ބުދަ ދުވަހު ވަރުން އިންސްޓަގްރާމްގައި ހިއްސާކޮށްފައިވަނީ އޭނާގެ ކަސްރަތީ ހަށިގަނޑު ދައްކާލައިގެން ވޯޓާ ވިލާއެއްގެ ކޮޓަރީގެ ބޭރުގައި ނަގާފައިވާ ފޮޓޯއެކެވެ. މިއީ ކޮން ދަތުރެއްގެ ފޮޓޯއެއް ކަމެއް، އަދި ކޮން ރިސޯޓެއްގައި ނަގާފައިވާ ފޮޓޯއެއް ކަމެއް މިހާތަނަށް ސާފެއް ނުވެއެވެ. އެހެނަސް މި ފޮޓޯއަށް ވަނީ 6 ލައްކައަށްވުރެ ގިނަ ލައިކު ލިބިފައެވެ.
އާ އަހަރު ފާހަގަކުރަން ރާއްޖެއަށް ބޮލީވުޑްގެ ބައެއް ތަރިން އައިސްފައިވެއެވެ. އޭގެތެރޭގައި އަނަންޔާ ޕާންޑޭއާއި އިޝާން ޚައްތަރުގެ ޖޯޑާއި، ކިއާރާ އަދްވާނީ އާއި ސިދާތު މަލޯތުރާގެ ޖޯޑު ފާހަގަކޮށްލެވެއެވެ.