ބޮލީވުޑްގެ މަޝްހޫރު ބަތަލާ ދިޕިކާ ޕަޑުކޯންގެ 35 ވަނަ އުފަންދުވަހާ ގުޅިގެން އޭނާގެ ފިރިމީހާ ރަންވީރު ސިންގް ވަރަށް ހާއްސަ ފޮޓޯއެއް ހިއްސާކޮށްފިއެވެ.
އިންސްޓަގްރާމްގައި އަންގާރަ ދުވަހު ރަންވީރު ހިއްސާކޮށްފައިވަނީ ދިޕިކާގެ ކުޑައިރުގެ ފޮޓޯއެކެވެ. އެ ފޮޓޯގައި ކުޑަކުޑަ ދިޕިކާ އިންލެއް ލޯބިކަމުންނާއި، އޭނާގެ ހިނިތުންވުން ދެކެ ގަޔާވެގެން ގިނަ ބަޔަކު ކޮމެންޓުކޮށްފައި ވެއެވެ.
މި ފޮޓޯއާއެކު ކެޕްޝަންގައި ރަންވީރު ލިޔެފައިވަނީ، ދިޕިކާއަކީ އޭނާގެ ޖާނާއި ފުރާނަ ކަމަށެވެ. އަދި ދިޕިކާއަށް އުފާވެރި އުފަންދުވަހަކަށް އެދި ތަހުނިޔާ ކިޔާފައިވެއެވެ. ދިޕިކާގެ 35 ވަނަ އުފަންދުވަސް ފާހަގަކުރަން އަންގާރަ ދުވަހު ވަނީ މުމްބާއީގައި ބޮޑު ޕާޓީއެއް ބާއްވައިފައެވެ. އަދި އެ ޕާޓީއަށް ފިލްމް އިންޑަސްޓްރީގެ ގިނަބަޔަކު ހާޒިރުވެފައިވެއެވެ.