ޖާންވީ އަގު ބޮޑު ގެއެއް ގަނެފި!

ޕްރޮޑިއުސަރު ބޯނީ ކަޕޫރާއި މަރުވެފައިވާ ފިލްމީ ބަތަލާ ޝްރީދޭވާގެ ދޮށީ ދަރިފުޅު ޖާންވީ ކަޕޫރު މުމްބައިގެ ޖުހޫއިން ގެއެއް ގަނެފިއެވެ.

މީގެ ދެ އަހަރު ކުރިން ފިލްމު “ދަޅަކް” އިން ބޮލީވުޑަށް ނުކުތް ޖާންވީ، 23، މިދިޔަ އަހަރުގެ ޑިސެމްބަރ މަހުގެ 7ވަނަ ދުވަހު ގަތް މި ގެއަކީ 3456 އަކަފޫޓުގެ ބޮޑު ގެއެކެވެ. އަދި އެގެ ގަތުމަށް ސްޓޭމްޕް ޑިއުޓީއެއްގެ ގޮތުގައި ނުވަތަ ލިޔެކިޔުން ރަޖިސްޓްރީކުރުމަށް އޭނާ ވަނީ 78 ލައްކަ އިންޑިއަން ރުޕީސް ދައްކާފައެވެ.

ރިޕޯޓުތައް ބުނާ ގޮތުން، ބޮޑު އިމާރާތެެއްގެ 14، 15، އަދި 16 ވަނަ ބުރިން އޭނާ މި ގަތް ގޭގެ އަގު ޖުމުލަ 39 ކްރޯޑް އިންޑިއަން ރުޕީސް އަށް އަރައެވެ.

އެންމެ ފަހުން ޖާންވީ ފެނިފައިވަނީ ގުންޖަން ސަކްސޭނާ އިންނެވެ. ޖާންވީގެ ކުރިއަށް އޮތް ފިލްމުތަކުގެ ތެރޭގައި ހޮރޯ-ކޮމެޑީ “ރޫހީ އަފްޒާނާ”، “ތަޚުތު” ގެ އިތުރުން “ދޯސްތާނާ 2” އާއި “މިސްޓަ ލޭލޭ” ހިމެނެ އެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!