ސައިފް ގެ މި ފޮޓޯ ފެނި ކަރީނާއަށް ހިތް ދެވިއްޖެ

ކަރީނާ ކަޕޫރް ޙާން، އޭނާގެ ފިރިމީހާ ސައިފް އަލީ ޙާންގެ ޓީން އޭޖުގައި ބައްޕަ މަންސޫރު އަލީ ޙާން ޕަތައުޑީ އާއެކު ނަގާފައިވާ ފޮޓޯއެއް އިންސްޓާގުރާމުގެ ސްޓޯރީގައި ހާޓް އެމޯޖީ ތަކަކާއި އެކު ހިއްސާކޮށްފިއެވެ.

ސައިފްއަކީ މަންސޫރު އަލީ ޙާން ޕަތައުޑީ އާއި ޝަރްމިލާ ޓަގޯރޭ ގެ ފިރިހެން ދަރިފުޅެވެ. އަދި ސައިފް ވަނީ 2011 ނިކުތް އޭނާގެ ފިލްމު “އޭގެންޓް ވިނޯދް” އޭނާގެ ބައްޕައަށް ނިސްބަތްކޮށްފައެވެ. ހިންދުސްތާނީ ޓައިމްސްއަށް ދިން އިންޓަވިއުއެއްގައި ސައިފް ބުނެފައިވަނީ އޭނާގެ ބައްޕަ ކޮޕީކޮށްފައި އެކްޓުކުރަން ބޭނުންކަމަށާއި ނަމަވެސް މަންމަ(ޝަރްމިލާ) ބުނާގޮތުގައި ރަންބީރު ކަޕޫރާއި އެ ރޯލު މާގުޅޭނެކަމަށެވެ.

ސައިފްގެ ބައްޕައަށް ނިސްބަތްވާ ޕެލެސްއެއްކަމުގައިވާ ޕަތައުޑީ ޕެލެސްގައި ސައިފް އާއި ކަރީނާ ވަނީ ކުޑަ ދުވަސްކޮޅަކަށް އުޅެފައެވެ. ނަމަވެސް ސައިފް ބުނާގޮތުގައި މިހާރު އެ މެންޝަން 800 ކަރޯރްއަށް އޭނާ ގަތެފައިވާނެކަމަށެވެ. ނަމަވެސް އޭނާ އަތުގައި އެއްވެސް ޓުރާންސެކްޝަންއެއް މިހާރު ނެތްކަމަށެވެ. ސައިފް ބުނިގޮތުގައި އެތާގައި އޭނާގެ ކާފައާއި މާމަ ވަޅުލެވިފައިވާނެކަމަށާއި އަދި އޭނާގެ މަންމަވެސް އެތާގައި އުޅުނީ ވަރަށް އުފަލުންކަމަށާއި އަސްލު، އެތަނަކީ ޕްރައިސްލެސް ތަނެއްކަމަށެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!