ކަރީނާ އަހަރެންގެ އަތުން ބައިވަރު ފައިސާ ނެގި: އަނިލް ކަޕޫރް

ބޮލީވުޑުގެ މަޝްހޫރު ތަރި ކަރީނާ ކަޕޫރު ޚާން، އަނިލް ކަޕޫރު އަތުން ގިނަ އަދަދެއްގެ ފައިސާ ނަގާފައިވާ ކަމަށް އަނިލް ބުނެފިއެވެ.

ދެ ވަނަ ދަރިފުޅަށް ބަލިވެއިން ބަތަލާ ހޯސްޓްކުރާ ޝޯ “ވަޓް ވިމެން ވޯންޓް” ގެ އެޕިސޯޑެއްގައި މެހުމާނުންގެ ގޮތުގައި އަނިލް އާއި ޑައިރެކްޓަރު އަނޫރާގް ކެޝަޕް ބައިވެރިކޮށްގެން ކުރިއަށް ގެންދިޔަ ޝޯގައި ފިލްމު އިންޑަސްޓްރީގައި އަންހެން ފަންނާނުންނަށްވުރެ ގިނަ ފައިސާ ފިރިހެން ފަންނާނުންނަށް ލިބޭ މައްސަލައާއި ގުޅިގެން ވާހަކަ ދައްކަމުން އަނިލް ބުނީ ކަރީނާ އަކީ ފިލްމުތަކުން އެކްޓަރުންނަށް ވުރެ ބޮޑު އަގެއް އަބަދު ވެސް ނަގާ ތަރިއެއް ކަމަށެވެ. 

އެގޮތުން އަނިލް ޕްރޮޑިއުސް ކޮށްފައިވާ “ވީރޭ ދީ ވެޑިން” އަށް ކަރީނާ ފިލްމަށް ކީ އަގު ބޮޑުވެގެން ފިލްމުގެ ޓީމުން އެވާހަކަ އޭނާ ގާތު ބުނުމުން ކަރީނާ އެބުނާ ވަރަކަށް ފައިސާ ދިނުމަށް އަނިލް ބުނި ކަމަށް އެ ޝޯގައި އޭނާ ބުންޏެވެ.

އަނިލް އިތުރަށް ބުނީ ގިނަ ފިލުމުތަކުގައި އޭނާއަށްވުރެ ގިނަ ފައިސާ ލީޑް އެކްޓްރެސްއަށް ލިބިފައި ހުރި ކަމަށެވެ. އަދި އެކަމަށް އުފަލާއިއެކު އެއްބަސްވެފައި ވާނެ ކަމަށާއި އެއީ ވަކި ޖިންސެއްގެ މީހަކަށްވެގެން ލިބެން ޖެހޭ ހައްގެއް ނޫން ކަމަށް އަނިލް ކަޕޫރު ބުނެފައިވެއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!