ފޮޓޯ: ޑެއިލީ މަެއިލް

މަހުޖަނު ޖެކް މާ ގެއްލިއްޖެ

ޗައިނާގެ މަޝްހޫރު ބިލިއަނަރު ޖެކް މާ އަށް ވީނުވީއެއް ނޭނގި “ގެއްލިއްޖެ” އެވެ.

ފާއިތުވީ 2 މަހެއްހާ ދުވަހުގެ ތެރޭގައި ޖެކް މާގެ އެއްވެސް ހިލަމެއް ވެފައި ނުވާއިރު، “އެފްރިކާޒް ބިޒްނަސް ހީރޯޒް”ގެ ނަމުގައި ކުރިއަށް ގެންދާ އޭނާގެ އަމިއްލަ ޝޯގެ ފިނާލޭ އެޕިސޯޑުންވެސް ޖެކް މާ ފެނިފައި ނުވާ ކަމަށް އިންޑިއާގެ މީޑިއާއިން ބުނެއެވެ.

އަލީ ބާބާ ގުރޫޕްގެ ބާނީ، ޖެކް މާ އަކީ މީޑިއާއާ ވަރަށް ދޯޅު ބޭފުޅެކެވެ. އެކަމަކު ޓްވީޓެއް ވެސް ނުކުރައްވާތާ ދެމަހަށް ވުރެ ގިނަ ދުވަސްވީ އެވެ.

ޗައިނާގެ މަޝްހޫރު ބިލިއަނަރު، ޖެކް މާ ވީ ތަނަކާ ބެހޭ ގޮތުން އިންޓަނެޓްގައި ސުވާލުކުރެވެން ފެށީ “އެފްރިކާސް ބިޒްނަސް ހީރޯޒް” ގެ ނަމުގައި އޭނާ ހިންގަވާ ޓެލެންޓް ޝޯގެ ފައިނަލް އެޕިސޯޑަށް ވަޑައިނުގަތުމުންނެވެ. ޖެކް މާ އަކީ ފައިނަލް އެޕިސޯޑްގެ ޖަޖެކެވެ.

އާންމުންގެ މޫނުމަތިން ޖެކް މާ ގެއްލުނުއިރު، ޖެކް މާ އަށް ވެދާނެ ގޮތަކާ މެދު އޮތީ ސުވާލު އުފެދިފަ އެވެ. މަސްރަހު ދިރާސާކުރާ މީހުންގެ ބުނާ ގޮތުގައި، ޖެކް މާ ގެއްލިދާނެ ކަމަށް ހީވި ކިތަންމެ ފަހަރެއް ހިނގައްޖެ އެވެ.

ޖެކް މާ “ގެއްލުނު” ވާހަކަ މީޑިއާތަކުގެ ފަލަ ސުރުހީތަކަށް ވެސް އަރާފައި މި ވަނީ އަލީބާބާގް ހިއްސާ އޮންނަ ޖެކް މާގެ އޭންޓް ގްރޫޕް ހިއްސާގެ ބާޒާރުގައި ލިސްޓްކުރަން މަސައްކަތް ކުރަމުން އަންނަނިކޮށް އެ ވިޔަފާރީގެ ސައްހަކަމާ ދޭތެރޭ ސުވާލު އުފައްދައި ޗައިނާގެ ކަމާބެހޭ ފަރާތްތަކުން އެކަން ހުއްޓުވާފައި ވަނިކޮށެވެ.

މި ފަހުން ޖެކް، 56، މާ ވަނީ މާލީ އިދާރާތަކާއި ބޭންކްތައް ހިންގާ ގޮތާ ދޭތެރޭ ވެސް ރުހިވަޑައިނުގެން ވާހަކަ ދައްކަވައިފަ އެވެ.

ޖެކް މާ ވަނީ މިދިޔަ އަހަރު ގައުމުތަކުގައި ކޮވިޑް-19 ގެ ހާލަތު އެންމެ ގޯސްވި ދަނޑިވަޅު ވަރަށް ގިނަ ގައުމުތަކަށް ބޮޑެތި އެހީތަކެއް ވެސް ދެއްވާފައިވެ އެވެ. 

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!