ބޮލުން ހަންފޮޅުން ހުއްޓުވުމަށް ގޭގައި ކުރެވިދާނެ ކަންތައްތައް

ބޮލުން ހަންފޮޅުމަކީ ވަރަށް ގިނަ މީހުންނަށް ދިމާވާ މައްސަލައެކެވެ. މިފަހަރު މި ކިޔައިދެނީ ހަންފޮޅުން ހުއްޓުވުމަށް ގޭގައި ކުރެވިދާނެ ބައެއް ކަންތައްތަކެވެ.

1. ކާށިތެޔޮ

ކާށިތެލަކީ އިސްތަށިގަނޑަށް އެތައް ފައިދާއެއް ކުރާ އެއްޗެކެވެ. އޭގެތެރޭގައި ހަންފޮޅުން ހުއްޓުން ވެސް ހިމެނެއެވެ. އެހެންކަމުން ކޮންމެ ދުވަހަކު ގަވައިދުން ބޮލުގެ ހަންގަނޑުގައި ކާށިތެޔޮ އުނގުޅައި މަސާޖު ކޮށްލާށެވެ.

2. ބޭކިންގ ސޯޑާ

ބޭކިންގ ސޯޑާއަކީ ބަދިގެއިން ވަރަށް ފަސޭހައިން ލިބެން ހުންނަ އާންމު އެއްޗެކެވެ. ބޮލުގެ ހަންގަނޑު އެކްސްފޮލިއޭޓް ކޮށް ސާފުކޮށްދިނުމަށް ބޭކިންގ ސޯޑާ އެހީވެދެއެވެ. މިކަން ކުރާނެ ގޮތަކީ، އިސްތަށިގަނޑު ތެތްކޮށް ބޭއްވުމަށްފަހު ތަލައިގައި ބޭކިންގ ސޯޑާ އުނގުޅާނީއެވެ. އަދި ދެތިން މިނެޓު ފަހުން ޝޭމްޕޫއިން ބޯ ދޮވެލާނީއެވެ.

3. އެލޯވޭރާ

އެލޯވޭރާގައި ހިމެނޭ އެންޓި-ފަންގަލް އަދި އެންޓި-ބެކްޓީރިއަލް މާއްދާތަކުގެ ސަބަބުން ބޯ ހިރުވުމާއި ހަންފޮޅުން ހުއްޓުވައިދެއެވެ. ތާޒާ އެލޯވޭރާގެ ޖެލް ނެގުމަށްފަހު ބޮލުގެ ހަންގަނޑު ރަނގަޅަށް އުނގުޅައިލުމަށްފަހު ބައިގަޑި އިރު ވަންދެން ބަހައްޓާފައި ބޯ ދޮވެލުމުން ރަނގަޅު ވާނެއެވެ. ހަންފޮޅުން އެއްކޮށް ހުއްޓެންދެން މިކަން ގަވައިދުން ކުރާށެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!