ދެފައި ތަޅާ ރޯން ނުފަށާތި، އަނޫރާގް ކައިވެނި ކުރަނީ

އެކްޓަރް ސުޒޭން ޙާން، އެންމެ ދަންނަގޮތުންނަމަ ޓީވީ ޑުރާމާ “ކަސޯޓީ ޒިންދަގީ ކޭ” ގެ އަނުރާގް ބާސޫ ވަރަށް އަވަހަށް ކައިވެނިކުރާނެކަމަށް ބުނެފިއެވެ.

ކައިވެނިކުރަނީ ކާކުކަން އަދި ބުނެފައިނުވިނަމަވެސް ކައްކާލެއް މީރުކަމަށާއި ކެއްކުމުގެ ހުނަރަކީ އޭނާ ދެކެ ލޯބި ވެވުނު އެއް ސަބަބުކަމަށްވެސް ވަނީ ސުޒޭން ވަނީ ބުނެފައެވެ. މި ދެމީހުންވެސް މިދިޔަ އަހަރު ކައިވެނިކުރަން ނިންމާފައިވިނަމަވެސް ފަސްކުރަންޖެހުނީ ކޮވިޑުގެ ޕެންޑަމިކާއި ގުޅިގެންނެވެ. އަދި މިހާރު ހަބަރުތަކުން ބުނާގޮތުގައި މިއަހަރު ކައިވެނިކުރާނެއެވެ.

ދަ ޓައިމްސް އޮފް އިންޑިއާއަށް ދިން އިންޓަވިއުއެއްގައި އޭނާ ބުނެފައިވަނީ އެއަކީ ވަރަށް ހާއްސަ މީހެއްކަމަށާއި އެދެމީހުން ޑޭޓްކުރާތާ 3 އަހަރުވެއްޖެކަމަށާއި އަދި ނިސްބަތްވަނީ އަމްހޯރާއަށް ކަމަށެވެ. އަދި2020 ގައި ކޮވިޑުގެ ސަބަބުން ކައިވެނިފަސްކުރަން ޖެހުނީކަމަށެވެ.

ސުޒޭން ޙާން އާއި އޭނާގެ ލޯބިވެރިޔާ ދިމާވީ ރައްޓެހިންގެ ފަރާތުންނެވެ. އަދި ޕްރޮޕޯސްކޮށްފައިވަނީ ބިރިޔާނީ ކައްކައިދިނުމުންނެވެ.

“ކަސޯޓީ ޒިންދަގީކޭ” އިން އަނުރާގް ބާސޫގެ ގޮތުގައި މަޝްޙޫރުވި ސުޒޭން 2000 ގައި “އޭކް ލަޑްކީ އަންޖާނީސީ”، “ހަމް 2 ހޭ ނާ” އިންވެސް ފެނިގެންދިޔައެވެ. އެންމެ ފަހުން ފެނިގެންގޮސްފައިވަނީ 2009 ގައި “ސީތާ އޯރް ގީތާ” އިންނެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!